ހަނިމާދޫ ކައުންސިލް ވޮލީ މުބާރާތަށް ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަން ހާމަވެއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލް ވޮލީ މުބާރާތަށް ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައި ވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫން ދަށު ހޯދި މައުލޫމާތުގެ އަލީގައެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫ ކައުންސިލް ވޮލީ މުބާރާތް ޖޫން މަހު ކުރިއަށް ގެންގޮސްފައިވާއިރު އެ މުބާރާތް ބޭއްވުމަށް 2021 ވަނަ އަހަރު ނޮވެންބަރ 24 ވަނަ ދުވަހު ބޭއްވި ހަނިމާދޫ ކައުންސިލް 4 ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވަނީ 47،000 (ސާޅިސް ހަތްހާސް) ރުފިޔާ ހަރަދު ކުރަން ފާސްކޮށްފައެވެ. ނަމަވެސް މުބާރާތް ނިންމާލީ އިތުރަށް 20،000 (ވިހި ހާސް) ރުފިޔާ ހަރަދު ކޮށްގެނެވެ.

ކައުންސިލުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މުބާރާތުގެ ރެފުރީންނަށެވެ. ޖުމްލަ 34،600 (ތިރީސް ހަތަރުހާސް ހަސަތޭކަ) ރުފިޔާ ވަނީ 4 ރެފުރީންނަން ހަރަދު ކޮށްފައެވެ.

މުބާރާތުގައި ތަށި އަދި މެޑެލް ގަތުމަށް 12،739.50 (ބާރަހާސް ހަތްސަތޭކަ ތިރީސް ނުވަ ރުފިޔާ ފަންސާސް ލާރި) ހަނިމާދޫ ކައުންސިލުން ހަރަދު ކޮށްފައިވެއެވެ. އަދި ޗެންޕިއަން އަދި ރަނަރަޕް ޓީމަށް 22،000 (ބާވީސް ހާސް) ރުފިޔާ ވަނީ ކައުންސިލުން ހަރަދު ކޮށްފައެވެ. އެއީ ޗެންޕިއަން ޓީމް 7000 (ހަތްހާސް) ރުފިޔާ އަދި ރަނަރަޕަށް 4000 (ހަތަރުހާސް) ރުފިޔާއެވެ.

މުޅި ޖުމުލަ 69،339.50 (ފަސްދޮޅަސް ނުވަ ހާސް ތިން ސަތޭކަ ތިރީސް ނުވަ ރުފިޔާ ފަންސާސް ލާރި) ހަނިމާދޫ ކައުންސިލުން ހަރަދު ކުރިއިރު މުބާރާތަށް މުވައްޒަފުންގެ ފަރާތުން ދެވުނު އެހީތެރިކަން ހަރަދު ތަފްސީލް އަދި ރިކަރެންޓް ހަރަދުގެ ގޮތުގައި ޕްރިންޓުކުރުމަށް ހަރަދުވިވަރު ހަނިމާދޫ ކައުންސިލުން ބެލެހެއްޓިފައިނުވާކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ