އިތުރު 3 އެއަރޕޯޓަކަށް ރޭގަނޑު ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަނީ 

ޚަބަރު ފަހުގެ

ރީޖަނަލްސް އެއަރޕޯޓްސްއިން ހިންގަމުން އަންނަ 3 އެއަރޕޯޓަކަށް ރޭގަނޑު ދަތުރުތައް ބޭއްވޭނެ ގޮތް ހަމަޖެއްސުމަށް ބޭނުންވާ އެއަރފީލްޑް ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވެއްޖެއެވެ.

އެގޮތުން 1 އެއަރޕޯޓްގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، 2 އެއަރޕޯޓެއްގައި ލައިޓްޖެހުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރ ސައުދުﷲ އަޙުމަދު ވިދާޅުވީ، އެކުންފުނިން ހިންގަމުން އަންނަ 3 އެއަރޕޯޓެއްގައި ފްލައިޓް ނެވިގޭޝަން ލައިޓް ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

“ކުޅުދުއްފުށީ އެއަރޕޯޓްގައި ލައިޓް ޖެހުމަށް ހަވާލުކޮށްފައިވަނީ. އަދި ހޯރަފުއްޓާ މާވަރުލު އެއަރޕޯޓްގައި ލައިޓް ހަރުކުރަން ކުރަންޖެހޭ މަސައްކަތް ދަނީ ކުރިއަށް. މަޑިވަރު އެއަރޕޯޓްވެސް ހަވާލުވުމުން، އެ އެއަރޕޯޓަކީވެސް ރޭގަނޑު ދަތުރުކުރެވޭ އެއަރޕޯޓަކަށް ހަދާނަން” ސައުދުﷲ ވިދާޅުވިއެވެ.

އަތޮޅުތަކުގެ އެއަރޕޯޓްތައް ބެލެހެއްޓުމުގެ މަސައްކަތް، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އުފައްދަވާ ކުންފުނީގެ ޚިދުމަތްތައް ފެށީ 2020ވަނަ އަހަރުގެ ފަހުކޮޅުއެވެ. މިވަގުތު އެ ކުންފުނިން އަންނަނީ އަތޮޅުތަކުގެ 12 އެއަރޕޯޓްގެ ތެރެއިން 6 އެއަރޕޯޓެއް ހިންގުމާއި ހަވާލުވެ އެ މަސައްކަތްތައް ކުރަމުންނެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ