​ޗެމްޕިއަން ސިޓީ ފޯމްގައި، ބޯންމައުތު އަތުން މޮޅުވީ 4-0 ން

ކުޅިވަރު ފަހުގެ

​ޗެމްޕިއަން މެންޗެސްޓަރ ސިޓީން ފޯމް ދަމަހައްޓާ ދެވަނަ މެޗުގައިވެސް ރަނގަޅު މޮޅެއް ހޯދައިފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިސީޒަންގައި ލީގުގައި އެޓީމްގެ ދެވަނަ މެޗު ބޯންމައުތާ ވާދަކޮށް ކާމިޔާބުކުރީ 4-0 ނެވެ. 

އިޝްތިހާރު
އިޝްތިހާރު

މެޗުގެ ތަރިއަކީ ކެވިން ޑި ބުރައިނާއެވެ. ސިޓީގެ ދެ ވަނަ ގޯލް ޖެހީ އޭނާއެވެ. އަދި ތިންވަނަ ގޯލް ޖަހަން ފިލް ފޮޑެންއަށް ފުރުޞަތު ފަހިކޮށްދިނީވެސް ޑި ބުރައިނާއެވެ. ފުރަތަމަ ގޯލް ޖެހީ 19 ވަނަ މިނެޓުގައި ގުންޑޮގާންއެވެ. ދެވަނަ ހާފްގައި ގުންޑޮގާންގެ ބަދަލުގައި ބާނާޑޯ ސިލްވާއަށް ކޯޗު ޕެޕް ގާޑިއޯލާ ފުރުޞަތު ދިނެވެ. ސިޓީގެ ފަހު ގޯލަކީ ބޯންމައުތް ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މެޗުގެ ފުރަތަމަ އެގާރައިގައި ހާލާންޑް ހިމެނި ނަމަވެސް ލަނޑެއް ޖެހުމުގައި އޭނާއަށް ކާމިޔާބެއް ނުހޯދުނެވެ. ފަހު ފަނަރަ މިނެޓުގައި ހާލާންޑްގެ ބަދަލުގައި ފުރުޞަތު ދިނީ އާނެޖްޓީނާ ފޯވާޑް އަލްވާރޭޒްއަށެވެ. މިމެޗުގައިވެސް ކޯޗު ގާޑިއޯލާ ވަނީ ފަސް ބަދަލު ގެނެސްފައެވެ. ސިޓީ އޮތީ ދެމެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. ދެވަނާގައި އޮތް އާސެނަލްއާ ދެމެދު އޮތީ ދެ ގޯލްގެ ފަރަގެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ