ޕާސްޕޯޓް ހެދުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި

ޚަބަރު ފަހުގެ

ޓެކްނިކަލް މައްސަލައަކާ ގުޅިގެން ވަގުތީ ގޮތުން ޕާސްޕޯޓް ހެދުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން އެތަނުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޕާސްޕޯޓުގެ ހިދުމަތް މި ވަގުތު މެދުކެނޑިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“މި މައްސަލަ ހައްލުކޮށް، ޚިދުމަތް އަލުން ދޭން ފެށޭނެ ކަމަށް ލަފާކުރެވެނީ މިއަދު މެންދުރު 12:00 އިން ފެށިގެން. މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެން.” އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނަކީ އަބަދު ވެސް ޕާސްޕޯޓް ހެދުމުގެ މަސައްކަތުގައި ވަރަށް ލޯޑު ބޮޑު ތަނެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ