ރައީސް ސޯލިހުގެ ފޮޓޯތަކާ ގުޅޭގޮތުން ނަޝީދުގެ “ރާގު” ބަދަލުވެއްޖެ 

ފަހުގެ ސިޔާސީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންހެން ކުއްޖަކާއެކު ޒިނޭކުރާ ފޮޓޯ ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގެ “ރާގު” ބަދަލުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވިމުގައި ރައީސްގެ ފޮޓޯތައް މިހާރު ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުނަނެއްގެ މަޝްވަރާގެ ތެރޭގައި އެމަނިކުފާނު ދެއްކެވި ވާހަކަތައް ގުޅިފައިވަނީ ވަރަށް ހައްސާސް ކަންތައްތަކަކާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭރު ބަޔަކު މީހުން ގެންދިޔައީ އިންތިޒާމުކޮށް ރާވައިގެން އޮރިޔާން ފޮޓޯ އުފައްދައި އެތަކެތި ބޭނުންކުރަމުން ކަމަށާއި އެތައް ބައެއް ރަހީނުކޮށް، އެމީހުން އަތުން ފައިސާ ނެގި ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެ ބާވަތުގެ ކަންކަމުގައި ފެންނަ ކޮންމެ ފޮޓޯއަކީވެސް ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނު ބަޔާންކުރާ ގޮތަށް ގާނޫނީ ތަރަހައިގެ ތެރެއިން އެއާމެދު އަމަލުކުރަންޖެހޭ ކަންކަމެވެ.

“މި މައުޟޫގައި އަޅުގަނޑު ދެން ތިބޭފުޅުންނަށް ދަންނަވާނެ އިތުރު ވާހަކައެއް ނެތް،” ފޮޓޯތަކާ ބެހޭގޮތުން އިތުރަށް ވާހަކަދައްކަން އިންކާރު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ