މަންތާ އެއާގެ ފްލީޓަށް ބީޗްކްރާފްޓް 1900d ބޯޓެއް!

ޚަބަރު ފަހުގެ

މަންތާ އެއާގެ ފްލީޓަށް ތަފާތު ބޯޓެއް އިތުރުކޮށްފި އެވެ.

އިއްޔެ މަންތާ އެއާގެ ފްލީޓަށް އިތުރުކޮށްފައިވަނީ އެމެރިކާގެ ބީޗް އެއާކްރާފްޓް ކޯޕަރޭޝަނުން އުފައްދާފައިވާ ބީޗްކްރާފްޓް 1900d މަރުކާގެ ބޯޓެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި ފްލައިޓް ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މިބޯޓަކީ 19 ޕަސެންޖަރުންގެ ބޯޓެކެވެ.

މައުލޫމާތު ލިބޭގޮތުގައި މި ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެތެރޭގެ އުދުހުންތަކުގައެވެ.

މި އައު ބޯޓާއި އެކު ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޭވިއޭޝަން ދާއިރާގައި އިތުރު ފުރުސަތުތައް ފަހިވެގެންދާނެ އެވެ.

މަންޓާ އެއާއިން މިހާރު ވެސް އެތެރޭގެ އުދުހުންތަކާއި ސީޕްލޭން ދަތުރުތައް ކުރަނީ އެ އެއާލައިންގެ ޑެ ހަވިލެންޑާއި ޑީއެޗްސީ6 ޓްވިން އޮޓާ އަދި އޭޓީއާރު 72-600 ތަކުންނެވެ.

ބީޗްކްރާފްޓް 1900d ގެ މި ބޯޓަކީ ރާއްޖޭގެ ވައިގެދަތުރުފަތުރުތަކުގައި ފުރަތަމަ ފަހަރަށް ބޭނުންކުރާ މި ފަދަ ބޯޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ