ވިލިމާލެ ފަރަށް އުރުނު ބްރިޖު ޕްލެޓުފޯމް ނުނަގާ ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފި

ޚަބަރު ފަހުގެ

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލުމަށް ހަދާ “ތިލަމާލެ ބްރިޖު”ގެ މަސައްކަތަށް ބޭނުން ކުރަމުން ދިޔަ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި ޕްލެޓުފޯމު އެތަނުން ނުނަގާ ލަސްވަމުންދާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް، ބްރިޖް ޕްލެޓުފޯމް ފަރަށް އެރި މައްސަލަ ބަލައިދިނުމަށް ސިޓީ ކައުންސިލުންއެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ) ގޮވާލައިފި އެވެ.

ތިލަމާލެ ބްރިޖު މަސައްކަތައް ވިލިމާލެ އިރުމަތީފަރާތު ފަރާއި ދިމާލުގައި ގާއިމުކޮށްފައިވާ އެ ބްރިޖު ޕްލެޓުފޯމް ހައްޔަރުން ނެއްޓި ވިލިމާލެ އިރުމަތީ ފަރަށް އުރިފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. 

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް އެ ޕްލެޓުފޯމު އަދިވެސް އެތަނުން ނުނަގާ އޮންނަ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިލިމާލެ ފަރަކީ މާލޭ ސަރަހަައްދުގައި ހަލާކުނުވެ އޮތް ހަމައެކަނި ފަރު ކަމަށެވެ. ބްރިޖު މަޝްރޫއުގެ ސަބަބުން އެ ފަރަށް މިހާރުވެސް ނޭދެވޭ އަސަރު ފޯރަމުންދާ ކަމަށެވެ. 

“ބްރިޖު ފްލެޓުފޯމު ފަރަށް އުރި މިއަދުގެ ވަގުތާއި ހަމަޔަށްވެސް ރާޅާއިއެކު ފަރު މައްޗަށް ޖެހިޖެހި، އެކަން ހައްލު ނުކުރެވި އޮތުމަކީ ނުހަނު ހިތާމަ ހުރި ކަމެކެވެ. މާލޭ ސިޓީގެ ގުދުރަތީ ތަރިކައަށް ފޫނުބެއްދޭވަރުގެ ގެއްލުމާއި ހަލާކު ފޯރަމުންދާ މިމައްސަލަ ބަލައި ތަހުގީގުކޮށްދިނުމަށް އީޕީއޭ އާއި ރައްޔިތުންގެ މަޖިލީހުގެ ކަމާއިބެހޭ ކޮމެޓީތަކަށް ގޮވާލަމެވެ.” މާލޭ ސިޓީ ކައުންސިލުން އިއްޔެ ނެރުނު ބަޔާނުގައި ވެއެވެ.

އެބަޔާނުގައި ވަނީ، އެ މަޝްރޫއު ހިންގުމަށް ހަވާލުވެފައިވާ ކުންފުންޏާއި ވުޒާރާތަކުން، މަޝްރޫއު ހިންގުމުގައި ބަލަންޖެހޭ ފަންނީ އަދި ސަލާމަތީ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށްވެސް އިލްތިމާސްކޮށްފަ އެވެ. 

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްޕޯމު ފަރަށް އަރާ އެ ޕްލެޓްފޯމުގައި ތިބި ތިން މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ވެގެން ފަރުވާވެސް ދީފަ އެވެ. 

އެ ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ، އެ ޕްލެޓްފޯމް ފަރަށް އެރުމުން އެއްވެސް ގެއްލުމެއް ފަރަށް ލިބިފައި ވޭތޯ ބަލަމުން އަންނަ ކަމަށާއި، އަދި މިހާތަނަށް ފަރަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަން ދެނެގަނެވިފައި ނުވާ ކަމަށެވެ. މީގެ އިތުރުން ނައީމް ވިދާޅުވީ، ފަރަށް ލިބުނު ގެއްލުންތަކާއި ގެއްލުމެއް ލިބިފައިވާނަމަ ޖޫރިމަނާ ކުރަންޖެހޭވަރު އިނގޭނީވެސް ފަރަށް ލިބުނު ގެއްލުންތަށް ދެނެގަނެ ނިމުމުން ކަމަށެވެ. 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ