ނިޒާމީ ވޯޓަކީ ރައީސްއާ ބެހޭ ކަމެއް ނޫން: ނަޝީދު

ޚަބަރު ފަހުގެ ސިޔާސީ

ވެރިކަމުގެ ނިޒާމާއި ގުޅޭ ވާހަކައިގެ ތެރެއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަދެވަޑައިގަންނަވަން ނުޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރަން މާދަމާ އޮންނަ އެމްޑީޕީގެ ކޮންގްރެސް އަށް ނަޝީދު ވަނީ ގަރާރެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމްް މުހައްމަދު ސޯލިހް ވަނީ އެ ގަރާރު އަނބުރާ ގެންދެވުމަށް ނަޝީދުގެ އަރިހުން އެދިވަޑައިގަންނަވާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މިރޭ އެމްޑީޕީ ހަރުގޭގައި ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ބޭއްވި އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ނިޒާމީ ވާހަކައިގެެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ވަދެވަޑައިގަންނަވަން އެއްގޮތަކަށް ވެސް ޖެހިވަޑައިނުގަންނަވާ ކަމަށާއި މިއީ ހަގީގަތުގައި ރައީސާއި ބެހޭ ވާހަކައެއް ވެސް ނޫން ކަމަށެވެ. އެގޮތުން ތަންތަނުގެ ވިސްނޭ ވެރިން މިފަދަ ގޮތަކަށް ނަގާ ވޯޓުތަކުގެ ތެރެއަށް ނުވަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

“ރައީސުލްޖުމްހޫރިއްޔާ ޖެހިވަޑައިނުގަންނަވާ ކޮން ކޮޅެއްގައިތޯ އެބޭފުޅާ ހުންނެވީ ވިދާޅުވާކަށް. އެހެން ވިދާޅުވެއްޖެނަމަ ކޮންމެވެސް ދުވަހަކުން އަދި މި ވޯޓު ނުނެގިއެއް ނުދާނެ. އެއްގޮތަކަށް ވެސް ޝައްކު ނުކުރައްވާ.” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓަށް އެހުމަކީ ހުއްޓިގެން ދާނެ ކަމެއް ނޫން ކަމަށާއި އަދި ރައްޔިތުންނަށް ގޮން ނުޖެއްސެވުމަށް ވަރަށް އިހުލާސްތެރިކަމާއެކު ރައީސަށް ދަންނަވާ ކަމަށެވެ. އެގޮތުން ސިޔާސީ މީހުން ނުކުރަންޖެހޭ އެއް ކަމަކީ ރައްޔިތުންގެ އަދަދު މިނާފައި ތިއީ މަދު ބައެއް ކަމަށް ބުނުން ކަމަށާއި އެގޮތުން ކުރީގެ ރައީސް މައުމޫންގެ ދައުރުގައި ވެސް އަބަދުވެސް ކަމާބެހޭ ފަރާތްތަކުން ގޮވަމުންދިޔައީ އޭރުގެ ސަރުކާރާ ދެކޮޅަށް މަދު ބަޔަކު ނިކުންނަ ވާހަކަ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް މަދު ބައެއްކަން އެނގުނީ ވޯޓަށް އެހުމުން ކަމަށާއި އިލެކްޝަންސް ކޮމިޝަން މިނިވަންކޮށްފައި ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބުކުރީ އެމްޑީޕީން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ