އެމްޑީޕީ ތެރޭގައިވާ ދެބަސްވުންތައް ނައްތާލާ، އެއްގޮތަކަށް ކުރިއަށް ދިއުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި އެއްވެސް ހުރަހެއް ނެތި ހުންނަވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އިސްމާއިލް ފައްޔާޒް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ޕާޓީ ތެރޭގައި ހުރި ހިޔާލު ތަފާތުވުންތައް އެއްގޮތް ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށެވެ. އަދި އެކަމުގައި ރަނގަޅު ނަތީޖާތަކެއް ގެންނަވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުންތައް އޮތް ނަމަވެސް ނަތީޖާ ނެރެވޭ ކަމަށެވެ. އަދި އެމްޑީޕީއަށް ކާމިޔާބު ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ފަސްނުޖެހި ހުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.