ލީޑްސް އަތުން ޗެލްސީ ބަލިވެއްޖެށް

ކުޅިވަރު ފަހުގެ

​އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ ބަލިކޮށް ލީޑްސް ޔުނައިޓެޑް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗު ލީޑްސްއިން ކާމިޔާބުކުރީ 3-0ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލީޑްސްއިން ދެލަނޑު ޖެހިއެވެ. ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ލީޑްސްއަށް ލީޑު ނަގައިދިިނީ ބްރެންޑެން އާރޮންސަންއެވެ. ލީޑު އިތުރަށް ފުޅާކޮށްދިނީ މި ސީޒަންގައި ތަފާތު ދައްކަމުން އަންނަ ރޮޑްރިގޯ މޮރޭނޯއެވެ. ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ލީޑްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖެކް ހެރިސަންއެވެ. މި މެޗުގައި ޗެލްސީގެ ޑިފެންޑަރު ކަލީޑޯ ކުލިބަލީއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ.

އިޝްތިހާރު
އިޝްތިހާރު

Advertisement

މި ނަތީޖާއާއެކު ތާވަލުގެ ދެވަނައަށް ލީޑްސް ޖެހިލީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް، އެއް މެޗުން އެއްވަރުކޮށްގެން ލިބުނު ހަތް ޕޮއިންޓާއި އެކުއެވެ. ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކުރީ އާސެނަލްއެވެ. ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ، އަނެއް މެޗުން މޮޅުވި ޗެލްސީ، ލީޑްސް އަތުން ބަލިވުމުން ހަތަރު ޕޮއިންޓާއި އެކު އޮތީ ތާވަލުގެ 12 ވަނައިގައެވެ.

ޕްރިމިއަރ ލީގުގައި ވެސްޓް ހެމް އާއި ބްރައިޓަން ބައްދަލުކުރި މެޗު ކާމިޔާބުކުރީ ބްރައިޓަންއިންނެވެ. ބްރައިޓަން މެޗުން މޮޅުވީ 2-0ންނެވެ. އެޓީމުގެ ލަނޑުތައް ޖަހައިދިނީ އަލެކްސިސް މެކް އާއި ލިއެންޑްރޯ ޓްރޮސާޑްއެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް، އެއް މެޗުން އެއްވަރުކޮށްގެން ބްރައިޓަން އޮތީ ތާވަލުގެ ހަތަރުވަނާގައެވެ. މިހާތަނަށް ކުޅުނު ތިން މެޗުންވެސް ބަލިވި ވެސްޓް ހެމް އޮތީ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ