މާނޭގެ ދެލަނޑާއެކު ބޮޑު މޮޅެއް ހޯދައި ދެ ޕޮއިންޓާއި އެކު އެއްވަނަގައި

ކުޅިވަރު ފަހުގެ

​ޖަރުމަނު ލީގުގައި ބޮކުމްއާ ދެކޮޅަށް ކުޅުނު ފުޓުބޯޅަ މެޗު 7-0 އިން ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

Advertisement

ބޮކުމްގެ ދަނޑުގައި ކުޅުނު މެޗުގައި ބަޔާންގެ ސެނެގާލް ފޯވާޑް ސާޑިއޯ މާނޭ ވަނީ ދެ ލަނޑު ޖަހައިފައެވެ. ބަޔާންގެ ފުރަތަމަ ލަނޑު ހަތަރު ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން ދިން ބޯޅައަކުން ޖެހީ ލެރޯއި ސާނޭ އެވެ. ދެ ވަނަ ލަނޑު ޔޯސުއާ ކިމިކްގެ އެހީތެރިކަމާއެކު ޖެހީ ޑިފެންޑަރު މަތައިސް ޑި ލިޓް ޖެހީ 25 ވަނަ މިނެޓުގައެވެ. ބަޔާންގެ ތިން ވަނަ ލަނޑު 33 ވަނަ މިނެޓުގައި ކޯމަން ޖެހިއިރު، އޭގެ ހަތް މިނެޓު ފަހުން މާނޭ ހަތަރު ވަނަ ލަނޑެއް ޖެހިއެވެ. ނަމަވެސް ވިއޭއާރުން ނިންމީ މާނޭ ޖެހި ލަނޑު ބަލައި ނުގަތުމަށެވެ. އޭގެ ދެ މިނެޓު ފަހުން ކޯމަންގެ އެހީތެރިކަމާއެކު މާނޭ ވަނީ ލަނޑެއް ޖަހައި ބަޔާނަށް ލީޑު 4-0 އަށް ފުޅާކޮށްދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

ބަޔާންގެ އަނެއް ތިން ލަނޑު ފެނުނީ ދެ ވަނަ ހާފުގައެވެ. މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މާނޭ ވަނީ ބަޔާންގެ ފަސް ވަނަ ލަނޑު ޖަހާފައެވެ. ބަޔާންގެ ހަ ވަނަ ލަނޑަކީ 69 ވަނަ މިނެޓުގައި ބޮކުމްގެ ކްރިސްޓިއަން ގަމްބޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބަޔާންގެ ފަހު ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޖެހީ ސާޖް ގްނަބްރީއެވެ.

މިމޮޅާއެކު ބަޔާނުން އެއް ވަނަ މަގާމުގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ