ނިއުކާސަލް ​ޗެމްޕިއަން ސިޓީއަށް މޮޅެއް ވިޔަނުދިން

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުނުވެވި، ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

Advertisement

ޗެމްޕިއަން ސިޓީ މޮޅުނުވިޔަސް 3-1 ން ފަހަތުގައި އޮތުމަށްފަހު އެއްވަރުކޮށް ޕޮއިންޓެއް ހޯދިއެވެ. ފުޓުބޯޅަ މެޗު ފަށައިގެން ހަވަނަ މިނެޓުގައި ގުންޑޮގާންގެ ލަނޑުން ސިޓީ ލީޑް ނެގިއެވެ. އެކަމަކު ނިއުކާސަލް ޔުނައިޓެޑުން ވަނީ ސިޓީއަށް ފުރުޞަތު ނުދީ ތިން ލަނޑު ޖަހާ، ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ނަތީޖާ ހަމަހަމަކޮށްދިނީ އަލްމިރޯންއެވެ. ލީޑް ނަގައިދިނީ ވިލްސަންއެވެ. އަދި ލީޑް ފުޅާކޮށްދިނީ ދެވަނަ ހާފްގައި ޓްރިޕިއޭއެވެ.

އިޝްތިހާރު
އިޝްތިހާރު

ސިޓީން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފްގައި ހާލާންޑާއި، ބާނާޑޯ ސިލްވާ ޖެހި ދެ ލަނޑުންނެވެ. މެޗުން ސިޓީއަށް މޮޅުނުވެވުމުން މިހަފްތާގެ މެޗުތައް ނިމޭއިރު ސިޓީއަށް ވަނީ އެއްވަނަ ގެއްލިފައެވެ. އެއްވަނާގައި އޮތީ ތިން މެޗުންވެސް މުޅިވި އާސެނަލްއެވެ. ސިޓީ އޮތީ ހަތް ޕޮއިންޓާއެކު ދެވަނާގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ