ފުނަދޫ އިންޖީނުގެ ހިންގުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފި 

ޚަބަރު ފަހުގެ


ށ. ފުނަދޫ އިންޖީނުގެ ހިންގުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.

މިއަދު ށ ފުނަދޫގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަނާއި އެ އިންޖީނުގެ ހަވާލުކޮށްދެއްވީ އެރަށު ކައުންސިލުގެ ފަރާތުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ފާއިތުވި 36 އަހަރު ފުނަދޫ އިންޖީނުގެ ހިންގަމުން އައީ އެ ރަށު ރައްޔިތުން އަމިއްލައަށެވެ.

ފެނަކަ އިން މައުލޫމާތު ދޭގޮތުގައި މިއީ ރަށްރަށުގައި ފެނަކައިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ޚިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް ފުނަދޫ ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ.

ށ އަތޮޅުގެ އެހެން ހުރިހާ ރަށްތަކެއް ފަދައިން ފުނަދޫގެ ކަރަންޓުގެ ޚިދުމަތުގެ އިންޤިލާބީ ބަދަލު ފެނަކައިން މިހާރު ފަށާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. މިގޮތުން ފުނަދޫއަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 600 އަދި 800 ކިލޯވޮޓްގެ މުޅިން އާ ދެ ޖެނެރޭޓަރު މިހާރު އެ ރަށަށް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އިންޖީނުގެ ޙަވާލުކުރުމަށް ފުނަދޫގެ ރައްޔިތުންގެ ބައިވެރިވުމާއެކު އެރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ އެވެ. މި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ