ނޯތު ލީގު: ގުރޫޕް ޑީގެ ފުރަތަމަ މެޗު ހަމަހަމަ ނިމުމެއް

ކުޅިވަރު ފަހުގެ

ގުރޫޕް ޑީގެ ފުރަތަމަ މެޗުގައި ދުވާފަރު ސްޅޯޓް ކްލަބުން ދެ ލަނޑުގެ ލީޑެއް ނަގައިފައި ވަނިކޮށް އަލިފުށީ ރެކްރިއޭޝަން ކްލަބުން ފަހަތުން އަރައި 2-2 އިން އެއްވަރު ކޮށްފި އެވެ.

އަލިފުށީ ދަނޑުގައި ކުޅުނު މެޗު ގައި ފުރަތަމަ ލަނޑު ޖެހީ މެޗުގެ ހަތަރުވަނަ މިނިޓުގައި ޕެނަލްޓީ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ހިލޭޖެހުމެއް، ފާރަށް އެތުރިގެން ތިބި ކުޅުންތެރިން ތެރެއިން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. އަދި ދެވަނަ ލަނޑު 16 ވަނަ މިނިޓުގައި ޖެހީ އަލިފުށްޓަށް ލިބުނު ގޯލް ކިކެއްގައި ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، ދުވާފަރުގެ މުހައްމަދު އަލީ ފޮނުވާލި ބޯޅަ ކީޕަރު ގައިގައި ޖެހިފައި ނުކުތް ވަގުތު ގޯލަށް ފޮނުވާލައިގެންނެވެ. ދެ ލަނޑު ވެސް ޖަހައިދިނީ އިސްމާއިލް އަހުމަދެވެ.

އިޝްތިހާރު
އިޝްތިހާރު

ދުވާފަރުގެ ދެ ގޯލަށް ފަހު ވެސް އަލިފުށިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގޯލެއް ޖަހަން މަސައްކަތް ކުރި އެވެ. އެޓީމުން ފަރަގު ކުޑަކުރީ 18 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމަކުންނެވެ. ހާފުގެ މެދަކާ ހަމައިން ލިބުނު ހިލޭޖެހުން ކީޕަރު ބޯ މަތިން ގޯލުތެރެއަށް ފޮނުވާލައިގެން އަލިފުށީގެ ފުރަތަމަ ލަނޑު ޖަހައިދިނީ އާދަމް އިމްރާން އެވެ. އަލިފުށިން އެއްވަރު ކުރި ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި ޖެހީ ރަޒާން އަލީ އެވެ.

މި ގުރޫޕުގެ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު، ދުވާފަރާއި އުނގޫފާރު ބައްދަލު ކުރާނެ އެވެ.

ފޮޓޯ: އެންއެސްސީ ބިގްމޭން (އައްޔަ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ