ވޮލީ ބޯޅަ ކުޅެން ހުރި ދިވެއްސަކު ނިޔާވެއްޖެ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ވޮލީ ކުޅުން ހުރި ދިވެއްސަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ، އދ.ދިއްދޫ އާއި އދ.ދަނގެތި ކުޅުނު މެޗްގައި ކުޅެން ހުރި ކުޅުންތެރިއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ނިޔާވެފައި ވަނީ މީގެ ކުރިން އެއްވަނަ ޑިވިޝަންގައި ވޮލީ ކުޅެފައިވާ ދިއްދޫ ނޫވިލާގޭ، އަހުމަދު އަބްދުﷲ (ޑަކީ) އެވެ.

ދިއްދޫ ޓީމަށް ކުޅެމުންދިޔަ ޑަކީ ނިޔާވެފައި ވަނީ ކުޅެމުން ދަނިކޮށް ދަނޑުމައްޗަށް ވެއްޓި ފަރުވާ ދެމުން ދަނިކޮށެވެ.

ވެއްޓުމާއިއެކު އޭނާއަށް އަވަސް ފަރުވާ ދިނުމުގެ މަސައްކަތް އެސަރަހައްދުގައި ތިބި މީހުން ކުރިއެވެ. ދެތިން މިނެޓް ވަންދެން އޭނާއަށް ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައިރު އޮތީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

ޑަކީ އަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި ވެސް ބައިވެރިވަމުން އައި ޒުވާނެކެވެ. އޭނާގެ ކުއްލި މަރާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ހިތާމަފާޅުކޮށް ހެޔޮ ދުއާ ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ