ނޯތު ލީގު: އުނގޫފާރާއި ދުވާފަރުގެ ކުރިމަތިލުން ވެސް އެއްވަރު

ކުޅިވަރު ފަހުގެ

ގްރޫޕް ޑީގައި މިއަދު ކުޅުނު މެޗުން އުނގޫފާރާއި ދުވާފަރު ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

އަލިފުށީ ދަނޑުގައި ކުޅުނު މެޗުގެ 26 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހައި އުނގޫފާރުން ކުރި ހޯދީ އަކްރޮރް ގެ ލަނޑަކުންނެވެ. އެހެން ނަމަވެސް، 35 ވަނަ މިނިޓުގައި ދުވާފަރުގެ މުހައްމަދު އަލީ ނަތީޖާ އެއްވަރު ކުރި އެވެ. އޭގެ ފަހުން މުހައްމަދު ޖުމާން ވަނީ މެޗުގެ 57 ވަނަ މިނިޓުގައި ދުވާފަރަށް ލީޑު ނަގައިދީފަ އެވެ. އުނގޫފާރުން އެއްވަރުކުރި ލަނޑު 69 ވަނަ މިނިޓުގައި ޖަހައިދިނީ އާތިފް އިގްބާލް އެވެ.

އިޝްތިހާރު
އިޝްތިހާރު

ދުވާފަރާއި އަލިފުށި ރެކްރިއޭޝަން ކްލަބް ކުޅުނު ރ. އަތޮޅުގެ ޓީމުތައް ހިމެނޭ ގުރޫޕް ޑީގެ ފުރަތަމަ މެޗު ވެސް ނިމުނީ ހަމަ މި ނަތީޖާއިން؛ 2-2 އިން އެއްވަރު ވެގެންނެވެ.

މި ގުރޫޕުގެ ތިންވަނަ މެޗުގައި އާދިއްތަ ދުވަހުގެ ހަވީރު އަލިފުށްޓާއި އުނގޫފާރު ބައްދަލުކުރާނެ އެވެ.


ފޮޓޯ: އެންއެސްސީ ބިގްމޭން (އައްޔަ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ