ޕޯސްޓް މެދުވެރިކޮށް ޑްރަގް ގެނައި ދިވެހި އަންހެނަކު ހައްޔަރުކޮށްފި 

ޚަބަރު ފަހުގެ

މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެ ކުރި ޕާރުސަލެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގައި 23 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ އަންހެނަކެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ބުރާސްފަތި ދުވަހު އަންހެނަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައިކަމަށެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ވަނީ އޭނާ ބަންދު ކޮށްފައި ވަނީ އޭނާގެ އަތުން ގިނަ އަދަދެއްގެ މަސްތުވަތަކެތި ކަަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހަކު ދިން ބަޔާނަށް ބެލުމަށް ފަހުގައި ކަމަށެވެ.

ޕޯސްޓް މެދުވެރިކޮށް އޭނާ ގެނެއީ ކިހާ ޑްރަގެއްކަން ސާފެއް ނުވެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ