ށ. އަތޮޅުގެ އާރްޓީއެލް ދަތުރުތައް އަންގާރަ ދުވަހު ފަށަނީ! 

ޚަބަރު ފަހުގެ

ޒޯން އެކެއްގައި ހިމެނޭ ށ.އަތޮޅުގައި ފެރީގެ ޚިދުމަތް އަންނަ އަންގާރަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. އެމްޓީސީސީން މިހާރުވަނީ މިޒޯންގެ ދަތުރުތައް ފެށުމަށް ބޭނުންވާ ފެރީތައް ށ.އަތޮޅަށް ފޮނުވާލާފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ މެރިން ޓްރާންސްޕޯޓްގެ ޖެނެރަލް މެނޭޖަރ އިސްމާޢިލް ފާރިޤް ވިދާޅުވީ އަންގާރަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދާނީ ޓެސްޓު ދަތުރުތައްކަމަށެވެ. އެގޮތުން 7 ރޫޓަކުން ދަތުރުތަކަށް އޮތް ޑިމާންޑާއި ދިމާވާ ދަތިތައް ބެލުމަށްފަހު ހަފްތާއެއްފަހުން ރަސްމީކޮށް ޚިދުމަތް ފެށިގެންދާނެކަމަށެވެ

އިޝްތިހާރު
އިޝްތިހާރު

ށ.އަތޮޅުގެ ދަތުރުތަކާއެކު ޒޯން އެކެއްގައި ހިމެނޭ ހއ. އަތޮޅާއި ހދ.އަތޮޅާއެކު ތިން އަތޮޅުގެ ހުރިހާ ރަށެއް ޓްރާންސްޕޯޓް ލިންކް މެދުވެރިކޮށް ގުޅާލެވުނީއެވެ.

ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ފުރަތަމަ ޒޯންގެ ދަތުރުތަކުގެ މަސައްކަތް މިހާރު ނިމިފައިވާއިރު އެމްޓީސީސީން އަންނަނީ ޒޯން ދޭ އަދި ތިނެއްގައި ހިމެނޭ ރަށްތައް ގުޅާލުމަށް ބޭނުންވާ ފެރީތައް ބަނުމަށް ކޮންޓްރެކްޓަރުންނާއި ޙަވާލުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ