ހދ.އަތޮޅު ޤުރުއާން މުބާރާތް ހޯސްޓްކުރަން ހުޅުވާލިތާ މުއްދަތު ހަމަވިއިރުވެސް ހަނިމާދޫ ކައުންސިލަށް ނޭނގޭ؟

ހަނިމާދޫ ޚަބަރު ފަހުގެ

ހދ.އަތޮޅު ޤުރުއާން މުބާރާތް ހޯސްޓުކުރުމުގެ ޝައުގުވެރިކަން ހަނިމާދޫ ކައުންސިލުން ފާޅުނުކުރާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ، ހދ އަތޮޅު ޤުރުއާން މުބާރާތް ހޯސްޓުކުރަން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވެފައިވާއިރު އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެންމެ ރަށަކުންކަމަށް ހދ އަތޮޅު ކައުންސިލުން ބުނެފައިވާތީއެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ކައުންސިލުގެ ރައީސް މުހައްމަދު ސިރާޖާ ހަވާލާދީ ކޭއޯގައި ބުނެފައިވަނީ މުބާރާތް ބާއްވާނެ ރަށެއް ހޯދުމަށް އަލުން ހުޅުވާލުމުގެ ވިސްނުން ކައުންސިލުން ނުގެންގުޅޭ ކަމަށާއި އެެހެންކަމުން މިއަހަރުގެ ޤުރުއާން މުބާރާތް އޮންނާނީ ނޮޅިވަރަމްގައި ކަމަށެވެ.

މި މުބާރާތް ހޯސްޓްކުރުމުގެ ޝައުގުވެރިކަން ފާޅުނުކުރީ ކީއްވެގެންތޯ ހަނިމާދޫ ކައުންސިލުގެ ރައީސް ޢަބްދުއް ސައްތާރު ހަސަނާއި ނައިބު ރައީސް ފިރާޤު މުހައްމަދު ގާތުގައި އެހުމުން ދެ ބޭފުޅުންވެސް ދެއްވީ އެއް ޖަވާބެކެވެ.

” އަޅުގަނޑުމެނަށް މުބާރާތުގެ އެ އިއުލާނުގެ ކަންތައް އެނގުނުއިރު އޮތީ މުއްދަތު ހަމަވެފަ. އެކަމާ އިދާރި ގޮތުން ސުވާލުކުރުމުން އެސްޖީ އެކަން ބެލީ، ބެލިއިރު މުބާރާތް ހޯސްޓްކުރަން އިއުލާން ކޮށްފަ ހދ އަތޮޅު ކައުންސިލުން އޮތް ހަނިމާދޫއަށްވެސް އެކަން އަންގާފަ، އެމެސެޖު އިދާރީ މަސައްކަތްކުރާ ކުއްޖަކު ބަލަންވެސް ބަލާފަ އޮތީ، އެކަން އެސްޖީ އަށްވެސް ނާންގާ އޮތީ.” ހަނިމާދޫ ކައުންސިލުގެ ރައީސް އަދި ނައިބު ރައީސް

މި މުބާރަތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔެވުމުގެ ގޮފި ހިމެނޭގޮތަށް، މިއަހަރުގެ މުބާރާތް ބަހާލާފައިވަނީ ޖުމްލަ 6 އުމުރު ފުރާއަކަށެވެ.

އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތީގެ އުމުރު ފުރާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ