450،000 ރުފިޔާ ހަރުދުކޮށް ހދ،އަތޮޅު ވޮލީ މުބާރާތަށް ހަނިމާދޫ ކައުންސިލުން 2 ޓީމް ނެރެން ނިންމައިފި

ހަނިމާދޫ ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

450،000 (ހަތަރުލައްކަ ފަންސާސް ހާސް)ރުފިޔާ ހަރުދުކޮށް ހދ،އަދޮޅު ވޮލީ މުބާރާތަށް ހަނިމާދޫ ކައުންސިލުން 2 ޓީމް ނެރެން ނިންމައިފިއެވެ.

މި ނިންމުން ނިންމީ މިރޭ ބޭއްވި ހަނިމާދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 59 ވަނަ އާއްމު ބައްދަލުވުމުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މިރޭ ޖަލުސާގައި ރިޔާސަތުން 5 ވަނައަށް ހުށައެޅި މައްސަލައަކީ ހދ. އަތޮޅު ވޮލީ މުބާރާތުގައި އަންހެން އަދި ފިރިހެން ޓީމެއް ބައިވެރި ކުރުމަށް ގޮތެއް ނިންމުމަށެވެ. އެ ހުށައެޅުން ހުށައަޅުމުން ރިޔާސަތުން ބުނީީ އެކަމާ ކުލަބު ޖަމިއްޔާތަކާއި މަޝްވަރާ ކުރެވިފައި ވާ ކަމަށާއި އަންހެން ޓީމެއް ނެރުމުގެ ޝައުގު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ފާޅު ކުރި ކަމަށެވެ.

އެއަށްފަހު ބަހުސަށް ހުޅުވަލުމަށް ނައިބުރައީސް ފިރާގް ވަނީ ދެ ޓީމް ނެރެން ފެންނަކަމަށާއި އެކަމަށް ހަތަރުލައްކަ ފަންސާ ހާސް ރުފިޔާ ހަރަދުކުރަން ފެންނަކަމަށް ބުނެފައެވެ.

މިހުށައެޅުން ވަނީ ޖަލުސާގެ އިއްތިފާގުން ފާސްވެފައެވެ.

މީގެ އިތުރުން އިއްޔެ އިއުލާން ކުރެވުނު ހދ.އަތޮޅު ވޮލީ މުބާރާތް ހޯސްޓްް ކުރުމަށް ޕްރޮޕޯސަލް ހުށައަޅަން މިރޭ ވަނީ ފާސްކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ