​ވިކްޓޯރިއާގެ މައްޗަށް ބަޔާނުން ބޮޑު މޮޅެއް ހޯދައިފި

ކުޅިވަރު ފަހުގެ

​ޖަރުމަނު ކަޕްގައި ވިކްޓޯރިއާ ކޮލޯންއާ ދެކޮޅަށް ކުޅުނު ފުޓުބޯޅަ މެޗު ބޮޑު ތަފާތަކުން ބަޔާން މިއުނިކް ކާމިޔާބުކޮށްފިއެވެ.

ވިކްޓޯރިއާގެ ދަނޑުގައި ކުޅުނު މެޗު ބަޔާނުން ކާމިޔާބުކުރީ 5-0 އިންނެވެ. ބަޔާންގެ ފުރަތަމަ ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ރަޔަން ގްރަވެންބާކް ޖެހީ ތޯމަސް މުލާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ދެ ވަނަ ލަނޑު ބަޔާނުން ޖެހީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރައް ދެއްކި އެއް މިނެޓުގެ ތެރޭގައެވެ. ގްރަވެންބާކްގެ އެހީތެރިކަމާއެކު މި ލަނޑު ޖެހީ މަތީސް ޓެލްއެވެ.

އިޝްތިހާރު
އިޝްތިހާރު

ބަޔާންގެ އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު ސާޖް ގްނަބްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސަޑިއޯ މާނޭ ވަނީ ބަޔާންގެ ތިން ވަނަ ލަނޑު ޖަހާފައެވެ. ބަޔާންގެ ހަތަރު ވަނަ ލަނޑު މުލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަމާލް މުސިއާލާ ޖެހީ މެޗުގެ 67 ވަނަ މިނެޓުގައެވެ. އެ ޓީމުގެ ފަހު ލަނޑު ޖެހީ ލިއޯން ގޮރެޓްޒްކާއެވެ. 82 ވަނަ މިނެޓުގައި އޭނާ އެ ލަނޑު ޖެހީ ލެރޯއީ ސާނޭގެ އެހީތެރިކަމާއެކުއެވެ.

މާނޭ ވަނީ ބަޔާނަށް ބަދަލުވި ފަހުން މިހާތަނަށް އެ ޓީމަށް ފަސް ލަނޑު ޖަހައިދީފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ