ފަސް މެޗްއިން މޮޅުވެ އާސެނަލް ތާވަލްގެ އެއްވަނާގައި

ކުޅިވަރު ފަހުގެ

އާ ސީޒަންގައި އާސެނަލްގެ ރަނގަޅު ފޯމް ދަމަހައްޓާ ލީގުގައި ފުރަތަމަ ފަސް މެޗުންވެސް މޮޅުވެއްޖެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް ކުޅުނު ފަސްވަނަ މެޗު ކާމިޔާބުކުރީ އަމިއްލަ ދަނޑުގައި އެސްޓޮން ވިލާއާ ވާދަކޮށް 2-1 ނެވެ. ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ އާސެނަލްއަށް ކުރި ހޯދައިދިނީ ސިޓީން ގެނައި ބްރެޒިލް ފޯވާޑް ޖީސުސްއެވެ. އެކަމަކު 74 ވަނަ މިނެޓުގައި ޑަގްލަސް ލުއިޒް ލަނޑެއް ޖަހާ އެސްޓޮން ވިލާއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެނަތީޖާގައި ދެމިއޮތީ އެންމެ ދެ މިނެޓެވެ. ގަބްރިއަލް މާޓިނެލީ ލަނޑު ޖަހާ އާސެނަލްއަށް ފަސްވަނަ މޮޅު ހޯދައިދީ، ތާވަލްގެ އެއްވަނާގައި ބާއްވައިދިނެވެ.

އިޝްތިހާރު
އިޝްތިހާރު

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ