​ޔުނައިޓެޑް އަތުން އާސެނަލް ބަލިވިއިރު، ތާވަލްގެ އެއްވަނާގައި އާސެނަލް

ކުޅިވަރު ފަހުގެ

ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ފަސް މެޗުންވެސް މޮޅުވެ ތާވަލްގެ އެއްވަނާގައި އޮތް އާސެނަލް ހަވަނަ މެޗުގައި ޔުނައިޓެޑް އަތުން ބަލިވީ 3-1 ނެވެ.

މެޗުން ބަލިވިޔަސް އާސެނަލް އެއްވަނާގައި އޮތީ ދެވަނާގައި އޮތް މެންޗެސްޓަރ ސިޓީއަށް މިހަފްތާގައި މޮޅުނުވެވުމުންނެވެ. މެޗުން މޮލުވެ މެންޗެސްޓަރ ޔުނައިޓެޑް އޮތީ 12 ޕޮއިންޓާއެކު ފަސްވަނާގައެވެ. ޔުނައިޓެޑުން ވަނީ އެންމެފަހުން ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގައި އެންމެ ބޮޑަށް ފާހަގަވީ އަޔެކްސްއިން 82 މިލިއަން ޕައުންޑަށް ގެނައި ބްރެޒިލްގެ އެންތަނީ ގޯލް ޖެހުމެވެ. ޔުނައިޓެޑަށް ކުޅެދިން ފުރަތަމަ މެޗުގައި ލީޑް ނަގައިދިނީ އެންތަނީއެވެ. ބްރެޒިލްގެ ވިންގަރ ލަނޑު ޖެހީ 35 ވަނަ މިނެޓުގައެވެ. އެކަމަކު އޭގެކުރިން އާސެނަލްގެ ގަބްރިއަލް މާޓިނެލީ ޖެހި ލަނޑެއް، ލަނޑު ޖެހުމުގެ ކުރިން އޮޑެގާޑް ފައުލްކޮށްފައިވާކަމަށް ބަލާ ބަލައިނުގަންނަން ނިންމިއެވެ. އެނިންމުން ނިންމީ ވީއޭއާރުން ބެލުމަށްފަހުއެވެ. ދެވަނަ ހާފްގައި ނިކުމެ ފުރަތަމަ ލަނޑު ޖަހާ އާސެނަލްއިން ނަތީޖާ ހަމަހަމަވެސް ކުރިއެވެ. ބުކާޔޯ ސާކާގެ ލަނޑުން ނަތީޖާ ހަމަހަމަކުރިނަމަވެސް ރަޝްފޯޑް ދެ ލަނޑު ޖަހާ ޔުނައިޓެޑް މެޗުން މޮޅުކޮށްދިނެވެ. މިއީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ލީގު މެޗެއްގައި ރަޝްފޯޑް ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

މެޗަށްފަހު އާސެނަލްގެ ކޯޗު އާޓެޓާ ބުނީ މިއީ ފިލާވަޅެއްކަމަށާއި، މެޗުން މޮޅުވާން ބޭނުންނަމަ ހުރިހާ ކަމެއް ރަނގަޅަށް ކުރަންޖެހޭކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ