ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 33 މޮޓޮރައިޒްޑް ވީލްޗެއާ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
މިކަމަަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބީއެމްއެލްގެ ހެޑް އޮފީހުގެ ފަސް ވަނަ ބުރީގައި އޮންނާނެ އެވެ.
ބީއެމްއެލުން ބުނީ އިތުރު މައުލޫމާތު މި މެއިލްopenbidding@bml.com.mv އާއި 3015359/3015349 ނަމްބަރުތަކުން ހޯދޭނެ ކަމަށެވެ