4 އެއާޕޯޓެއްގައި ލަގެޖް ސްކްރީނިން މެޝިންތަކެއް ބަހައްޓައިފި

ޚަބަރު ފަހުގެ

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގަމުން އަންނަ 4 އެއަރ ޕޯޓެއްގައި ލަގެޖް ސްކްރީނިން މެޝިންތަކެއް ބަހައްޓާ އެއާޕޯޓުތަކުގެ ސަލާމަތީ ފެންވަރު އިތުރަށް ވަރުގަދަކޮށްފިއެވެ.

އާދިއްތަ ދުވަހު ޑިފެންސް މިނިސްޓްރީ އިން ވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގަމުންއަންނަ 4 އެއަރ ޕޯޓެއްގައި ބެހެއްޓި މެޝިންތައް ބޭނުންކުރުމުގެ ހުއްދަދީފައިވާކަން ހާމަކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އާރ.އޭ.ސީ.އެލް އިން 4 އެއަރޕޯޓްގައި ބެހެއްޓި މެޝިންތަކަކީވެސް ރެޕިސްކޭން ބްރޭންޑްގެ މެޝިންތައް ކަމަށް ވާއިރު، އެ އެބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަދި ސަރވިސް ޕްރޮވައިޑަރއަކީވެސް އާރ.އޭ.ސީ.އެލްއެވެ. އެހެންކަމުން މި ސްކްރީނިން މެޝިންތަކަށް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެއެވެ.

އަލަށް ބެހެއްޓި މެޝިންތަކާއެކު އާރ.އޭ.ސީ.އެލް އިން ބޭނުން ކުރަމުން އަންނަ ހުރިހާ އެއަރޕޯޓެއް ގައި ބޭނުންކުރާ ސްކްރީނިން މެޝިންތަކަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން ( ޑާސާ) އިން އެކުލަވާލާފައިވާ “މޯލްޑިވްސް އޭވިއޭޝަން ސެކިއުރިޓީ ސްކްރީނިންގ ޓެކްނޮލޮޖީ” ލިސްޓްގައި ހިމެނޭ އެކްސްރޭ މެޝިންތައް ކަން ފާހަގަކޮށްލެވެއެވެ.

އަލަށް މެޝިން ތައްބަހަހއްޓާފައިވަނީ، ހދ.ކުޅުދުއްފުށީ އެއަރޕޯޓް، ށ. ފުނަދޫ އެއަރޕޯޓް، ޏ.ފުވައްމުލައް އެއަރޕޯޓު، ގދ. މާވަރުލު އެއަރޕޯޓުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ