ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ސެލްޓިކް އަތުން މޮޅުވެ ރިއަލް މެޑްރިޑްގެ ފެށުން ރަނގަޅުކޮއްފިއެވެ.
ސެލްޓިކް އަމިއްލަ ދަނޑުގައިބކުޅުނު މެޗްއިން ރިއަލް މޮޅުވީ 3-0 ގެ ނަތީޖާއިންނެވެ. މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމު ހަމަހަމަ ކުޅުމެއް ފެނިގެންދިޔައެވެ. ރެއާލްގެ ކެޕްޓަން ބެންޒެމާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެޗުގެ 30 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. ބެންޒެމާގެ ބަދަލުގައި ކުޅެން ދަނޑުމައްޗަށް ނުކުތީ އެޑެން ހަޒާޑްއެވެ.
މެޗްގެ 56 ވަނަ މިނެޓް ތެރޭގައި ރިއަލް ވަނީ ފުރަތަމަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރިއަލްގެ ޒުވާން ފޯވާރޑް ވިނި ޖޫނިއާރއެވެ. މެޗްގެ 60 ވަނަ މިނެޓްގައި ރިއަލްވަނީ ދެވަނަ ލަނޑު ޖަހާ މެޗްގެ ލީޑް ފުޅާކޮއްފައެވެ. އަދި މެޗްގެ 77 ވަނަ މިނެޓް ތެރޭގައި ރިއަލްވަނީ ތިންވަނަ ލަނޑު ޖަހާ މެޗްގެ ލީޑް އިތުރައް ފުޅާކޮފައެވެ.
މި މެޗްއާއިއެކު ގްރޫޕް އެފްގެ އެއްވަނާގައި އޮތީ 3 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. ޗެމްޕިއަންސް ލީގުގައި ދެން ރެއާލަށް އޮތީ މި މަހުގެ 15 ވަނަ ދުވަހު އަމިއްލަ ދަނޑުގައި އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ކުރިން މި މަހުގެ 11 ވަނަ ދުވަހު އެ ޓީމުން ސްޕެނިޝް ލީގުގެ މެޗެއް ކުޅޭނެއެވެ.