އިންޓަރ މިލާން ބަލިކޮށް ބަޔާންގެ ފެށުން ރަނގަޅުކޮއްފި

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ގުރޫޕް ސީގެ އިޓަލީގެ އިންޓަރ މިލާން ބަލިކޮށް، ޖަރުމަނުގެ ބަޔާން މިއުނިކުން ރަނގަޅު ފެށުމެއް ހޯދައިފިއެވެ.

އިންޓަރ މިލާންގެ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗު ބަޔާން މިއުނިކުން ކާމިޔާބުކުރީ 2-0 ނެވެ. މެޗުގައި ބަޔާންއަށް ފުރަތަމަ ލަނޑު ޖަހާ ކުރު ހޯދައިދިނީ ސާނޭއެވެ. 25 ވަނަ މިނެޓުގައި އޭނާ ލަނޑު ޖެހީ ކިމިޗް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ދެވަނަ ހާފްގައި ބަޔާންއަށް ލީޑެއް ލިބުނީ އިންޓަރ މިލާންގެ ޑެނީލޯ އެމްބްރޯސިއޯ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ދެ ލަނޑުގެ އިތުރުންވެސް ބަޔާންއިން ވަނީ މެޗު ކޮންޓްރޯލްކޮށް ގިނަ އެޓޭކްތަކެއް ކޮށްފައެވެ. އެގޮތުން ބަޔާނުން އުފެއްދި 21 ހަމަލާގެ ތެރެއިން 11 އެޓޭކް ގޯލާ ހަމާޒުކުރިއެވެ. ފަރަޤު އިތުރަށް ބޮޑުނުވުމުގައި އިންޓަރ މިލާންގެ ކީޕަރު އޮނާނާ މުހިއްމު ދައުރެއް އަދާކުރިއެވެ. އޭނާ ވަނީ މާނޭ ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިގްރޫޕްގެ އެއްވަނާގައި އޮތީ 5-1 ން ވިކްޓްރޯރިއާ ޕްލެޒެން ބަލިކުރީ ބާސެލޯނާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ