ރާނީ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ޚަބަރު ފަހުގެ

އިނގިރޭސި ރާނީ ކުއީން އެލިޒަބަތް އަވަހާރަވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެގައުމުގެ ޝާހީ އާއިލާ އަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރާނީ އަވަހާރަވެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ސްކޮޓްލެންޑްގެ ބެލްމޯރަލް ކާސަލްގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ރާނީ އަވަހާރަވުމުގެ ހިތާމައިގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާނީ އެލިޒަބަތް އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއި އެކުގައި ކަމަށެވެ. ރާނީ އެލިޒަބަތަކީ ގައުމަށް ހިދުމަތް ކުރުމުގެ ނަމޫނާއެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި ޝާހީ އާއިލާއަށާއި އިނގިރޭސި ރައްޔިތުންގެ އިތުރުން ކޮމަންވެލްތަށް ވަރަށް އިހުލާސްތެރިކަމާ އެކު ތައުޒިޔާ ފޮނުއްވާ ކަމަށް ވިދާޅުވެފަ އެވެ.

ރާނީ އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.

ރާނީ އެލިޒަބަތު ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު އަދި ކިންގް ޖޯޖް 1952 ވަނަ އަހަރު އަވަހާރަވުމުންނެވެ. ރާނީ އެލިޒަބަތަކީ ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް އޮތް ބޭފުޅާ އެވެ.

ރާނީ އެލިޒަބަތު އަވަހާރަވުމުން ރަސްކަމުގެ ތަޚުތާ ދެން ހަވާލުވެވަޑައިގަންނަވާނީ އިނގިރޭސި ވަލީ އަހުދު ޕްރިންސް ޗާލްސް އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ