ކަޑިޒް ބަލިކޮށް، ސްޕެނިޝް ލަލީގާ ތާވަލްގެ އެއްވަނައަށް ބާސެލޯނާ

ކުޅިވަރު ފަހުގެ

​4-0 ން ކަޑިޒް ބަލިކޮށް، ސްޕެނިޝް ލަލީގާ ތާވަލްގެ އެއްވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.

ކަޑިޒް އަތުން މޮޅުވި މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ޖަހާ ކުރިހޯދައިދިނީ ޑި ޔޮންގއެވެ. ދެވަނަ ލަނޑު ޖެހީ ރޮބާޓް ލެވާންޑޯސްކީއެވެ. ބާސެލޯނާގެ ތިންވަނަ ގޯލް ޖެހީ ފާޓީއެވެ. އަދި ފަހު ގޯލް އިތުރު ވަގުތުގައި ޖެހީ ޑެމްޕެލޭއެވެ. މެޗުގައި ލެވާންޑޯސްކީ ޖެހި ގޯލަކީ ހަ މެޗުން ޖެހި ނުވަވަނަ ގޯލެވެ. މެޗުގައި ގޯލް ޖެހުމުގެ އިތުރުން އޭނާ ވަނީ ފަހު ދެގޯލް ޖަހަން ފުރުޞަތު ތަނަވަސްކޮށްދީފައެވެ. ބާސާއިން ހަތަރު ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. މިއީ ބާސެލޯނާ ލީގުގައި ވިދިވިދިގެން މޮޅުވި ހަތަރު ވަނަ މެޗެވެ.

އިޝްތިހާރު
އިޝްތިހާރު

​ބާސާ އެއްވަނައަށް ޖެހިލީ ކުރިން އެއްވަނާގައި ރެއާލް މެޑްރިޑަށްވުރެ އިތުރަށް ފުޓުބޯޅަ މެޗެއް ކުޅެގެން، ޕޮއިންޓެއްގެ ފަރަޤަކާއެކުއެވެ. ބާސެލޯނާ އެއްވަނާގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާއެކުއެވެ. ދެވަނާގައި ރެއާލް މެޑްރިޑް އޮތީ ހަތަރު މެޗުން 12 ޕޮއިންޓާއެކުއެވެ. އާދިއްތަ ދުވަހު ހަވީރު މަޔޯކާ އަތުން މޮޅުވެގެން ރެއާލްއަށް އަލުން އެއްވަނައަށް ޖެހިލެވޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ