އަޔެކްސް ބަލިކޮށް ލިވަޕޫލުން ހަމަޖެހުމެއް​

ކުޅިވަރު ފަހުގެ

​ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ކުޅުނު ދެ މެޗުގައި އަޔެކްސް ބަލިކޮށް ލިވަޕޫލުން ހަމަޖެހުމެއް ހޯދައިފިއެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަމަ މެޗުގައި ނަޕޯލީ އަތުން ބަލިވުމުން ލިވަޕޫލް އޮތީ އަޔެކްސް މެޗަށް ނުކުތްއިރު އުނދަގޫ ހާލަތެއްގައެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން އަޔެކްސްގެ މައްޗަށް ކުރި ހޯދީ 1-2 އިންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ލިވަޕޫލުންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި ޑިއޯގޯ ޖޮޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ މިސްރުގެ ފޯވާޑް މުޙައްމަދު ޞަލާޙުއެވެ. ލީޑުގައި އޮވެ ލިވަޕޫލުން ކުޅެމުން ދަނިކޮށް، އަޔެކްސް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ މެޗުގެ 27 ވަނަ މިނެޓުގައި މުހައްމަދު ކުޑޫސް ޖެހި ލަނޑެކެވެ. އޭނާ މި ލަނޑު ޖެހީ ސްޓީވެން ބާގައިސް ދިން ބޯޅައަކުންނެވެ.

މެޗު އެއްވަރުވާން ދަނިކިށް ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހީ މަޓިޕްއެވެ. މެޗުގެ 89 ވަނަ މިނެޓުގައި މަޓިޕް ލަނޑު ޖެހީ ކޮސްޓާސް ސިމިކާސް ނެގި ކޯނަރެއްގައި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލް އޮތީ ގްރޫޕްގެ ދެ ވަނަ މަގާމުގައެވެ. އެއްވަނަ މަގާމުގައި އޮތީ ތިން ޕޮއިންޓާއެކު ނަޕޯލީއެވެ. ނަޕޯލީއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ތިންވަނަ މަގާމުގައި އޮތް އަޔެކްސްއަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ރޭންޖާސްއެވެ.

ލީގުގައި ބުދަ ދުވަހުގެ ރޭ ރޭންޖާސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ނަޕޯލީއަށް އެބަ އޮތެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ