ބަޔާން މިއުނިކުން ބާސެލޯނާ ބަލިކޮށްފި

ކުޅިވަރު ފަހުގެ

​ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގެ ދެ ވަނަ މެޗުގައި ބަޔާން މިއުނިކުން ބާސެލޯނާ ބަލިކޮށްފިއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި ފުޓުބޯޅަ މެޗުން އެ ޓީމުން ކާމިޔާބުކުރީ 0-2 އިންނެވެ. މެޗުގެ ދެ ލަނޑު ވެސް ފެނުނީ ދެވަނަ ހާފުގައެވެ. މި މޮޅާއެކު ބަޔާނުން ވަނީ ގްރޫޕް ސީގެ އެއްވަނަ މަގާމަށް ޖެހިލައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ރަނގަޅަށް ކުޅުނު ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފައެވެ. ފުރަތަމަ ހާފުގައި އެ ޓީމުގެ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މީގެ އިތުރުން ވެސް ބާސެލޯނާގެ ޕެޑްރީ އާއި ރަފީނިއާ އަށް ވެސް ވަނީ ފުރުސަތުތަކެއް ލިބިފައެވެ.

ދެވަނަ ހާފު ފަށައިގެން 50 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ލޫކަސް ހެނާންޑޭޒްއެވެ. އެއީ ކޯނަރެއްގައި ޔޯސުއާ ކިމިކް ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އެ ލަނޑުޖެހިތާ ހަތަރު މިނެޓު ފަހުން ބަޔާނުން ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ލެރޯއި ސާނޭ ޖެހީ ޖަމާލް މުސިއާލާ ކުރި އެސިސްޓަކުންނެވެ.

މެޗުން މޮޅުވެ ޖުމުލަ ހަ ޕޮއިންޓު ހޯދައިގެން ބަޔާން އޮތީ ގްރޫޕްގެ އެއްވަނަ މަގާމުގައެވެ. ދެ ވަނަ މަގާމުގައި އޮތީ ތިން ޕޮއިންޓާއެކު ބާސެލޯނާއެވެ. ދެވަނަ މަގާމުގައި އޮތް އިންޓަ މިލާނަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ބާސެލޯނާއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ގްރޫޕްގެ ފުލުގައި އޮތީ ވިކްޓޯރިއާ ޕްލެޒެންއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ