ޑައިނަމޯ ޒަގްރެބް ބަލިކޮށް އޭސީ މިލާނުން ގްރޫޕްގެ އެއްވަނައަށް

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ޑައިނަމޯ ޒަގްރެބް ބަލިކޮށް އޭސީ މިލާނުން ގްރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.

އޭސީ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗު އެ ޓީމުން ކާމިޔާބުކުރީ 1-3 އިންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގެ ފުރަތަމަ ލަނޑު ޖެހީ އެސީ މިލާނުންނެވެ. އެއީ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި އޮލީވިއޭ ޖިރޫޑްއެވެ. ލަނޑަށްފަހު ދެވަނަ ހާފުގައި ވެސް އޭސީ މިލާނުން ވަނީ ރަނގަޅަށް ކުޅެފައެވެ. ދެ ވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އަލެކްސިސް ސަލަމޭކާ ވަނީ އޭސީ މިލާންގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ.

ޒަގްރެބް އިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 56 ވަނަ މިނެޓުގައެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ މިސްލާވް އޯރްސިޗްއެވެ. އޭސީ މިލާންގެ ތިންވަނަ ލަނޑު ޖެހީ މެޗުގެ 77 ވަނަ މިނެޓުގައި ޓޮމާސޯ ޕޮބޭގާއެވެ.

މި މޮޅާއެކު އޭސީ މިލާން ގްރޫޕްގެ އެއްވަނަ މަގާމުގައި އޮތީ ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޒަގްރެބް އޮތީ ގްރޫޕްގެ ދެވަނަ މަގާމުގައެވެ. ތިންވަނަ މަގާމުގައި އޮތް ސަލްސްބާގަށް ދެ ޕޮއިންޓު ލިބޭއިރު، ފުލުގައި އޮތް ޗެލްސީއަށް ލިބެނީ އެއް ޕޮއިންޓެވެ.​

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ