ދެވަނަ މެޗްއިން ޗެލްސީ އެއްވަރުވެއްޖެ

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ގްރޫޕް އީގައި ކުޅުނު މެޗުން ޗެލްސީ އެއްވަރުވެއްޖެއެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ޗެލްސީ ވަނީ ބަލިވެފައެވެ. ދެވަނަ މެެޗުގައި އަމިއްލަ ދަނޑުގައި އެ ޓީމު ވަނީ އެފްސީ ސަލްސްބާާގާ އެއްވަރުވެފައެވެ. މިއީ ޗެލްސީގެ އައު ކޯޗު ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. ލަނޑު ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން އެއްވެސް ޓީމަކަށް ނުކުރެވުނެވެ. މެޗުގެ ދެވަނަ ހާފުގައި ޗެލްސީން ވަނީ ލަނޑު ޖަަހައި ލީޑު ނަގާފައެވެ. މޭސަން މައުންޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޗެލްސީއަށް ލީޑު ނަގައިދިނީ 48 ވަނަ މިނެޓުގައި ރަހީމް ސްޓާލިންއެވެ.

ލީޑުގައި އޮވެ ޗެލްސީން ކުޅެމުން ދަނިކޮށް ސަލްސްބާގުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 75 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ނޯއާ އޮކަފޯއެވެ. އޭނާ މި ލަނޑު ޖެހީ އަޑަމޫ ނަގައިދިން ހުރަހަކުން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުން އެއްވަރުވުމުން ލިބުނު އެއް ޕޮއިންޓާއެކު ޗެލްސީ އޮތީ ގްރޫޕްގެ ފުލުގައެވެ. އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު ޖުމުލަ ދެ ޕޮއިންޓު ހޯދައިގެން ސަލްސްބާގް އޮތީ ތިންވަނަ މަގާމުގައެވެ. އެއްވަނަ މަގާމުގައި އޭސީ މިލާން އޮތް އިރު، ދެވަނަ މަގާމުގައި އޮތީ ޑައިނަމޯ ޒަގްރެބްއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ