ލައިޕްޒިގް އަތުން ރިއާލްއަށް މޮޅެއް

ކުޅިވަރު ފަހުގެ

ޗެމްޕިއަންސްލީގުގައި ރެއާލް ކުޅުނު ދެވަނަ ފުޓުބޯޅަ މެޗުގައި އަމިއްލަ ދަނޑުގައި ލައިޕްޒިގު ބަލިކުރީ 2-0 ނެވެ. މެޗުގައި ރެއާލްއިން ދެ ލަނޑުވެސް ޖެހީ ފަހު 10 މިނެޓުގެ ތެރޭގައެވެ. ފުރަތަމަ ލަނޑު 80 ވަނަ މިނެޓުގައި ޖެހީ ފެޑެރީކޯ ވަލްވާޑޭއެވެ. އޭނާ ލަނޑު ޖެހީ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި މާކޯ އަސެންސިއޯ ޖެހީ ޓޯނީ ކްރޫޒް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. މިއީ 2017-2018 ވަނަ އަހަރުގެ ސީޒަންގެ ފަހުން ޗެމްޕިއަންސްލީގުގެ ފުރަތަމަ ދެ މެޗުން ރެއާލް މެޑްރިޑް މޮޅުވި ފުރަތަމަ ފަހަރެވެ.

އެންޗެލޮޓީއަށްވުރެ ގިނަ މޮޅު ޗެމްޕިއަންސްލީގުގައި ހޯދާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސަރ އެލެކްސް ފަރގަސަންއެވެ. އޭނާ ވަނީ 102 މޮޅު ކޯޗެއްގެ ގޮތުގައި ހޯދާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިގްރޫޕްގެ އަނެއް މެޗުގައި ސެލްޓިކާއި، ޝަހުތަރު ޑޮނެސްކް ވާދަކޮށް ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ގްރޫޕްގެ އެއްވަނާގައި އޮތީ ހަ ޕޮއިންޓާއެކު ރެއާލް މެޑްރިޑެވެ. ދެވަނާގައި ޝަހުތަރު ޑޮނެސްކް އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ސެލްޓިކް ތިންވަނާގައި އޮތީ ޕޮއިންޓަކާއެކުއެވެ. އާރުބީ ލައިޕްޒިގަށް ދެ މެޗުން ޕޮއިންޓެއް ނުލިބެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ