ހދ.އަތޮޅު ވޮލީ މުބާރާތުގައި ހަނިމާދޫ ކައުންސިލުން ބައިވެރިވާ ޓީމަށް ރަށުން ބޭރުން ކުޅުންތެރިން ގެނައުމަށް 25000 ރުފިޔާގެ މުސާރައެއް ދެނީ!

ހަނިމާދޫ ޚަބަރު ފަހުގެ

ހދ.އަތޮޅު ވޮލީ މުބާރާތުގައި ހަނިމާދޫ ކައުންސިލުން ބައިވެރިވާ ޓީމަށް ރަށުން ބޭރުން ކުޅުންތެރިން ގެނައުމަށް 25000 ރުފިޔާގެ މުސާރައެއް ދިނުމަށް ހަނިމާދޫ ކައުންސިލުން ފާސްކޮށްފިއެވެ.

މި ގޮތަށް ހަނިމާދޫ ކައުންސިލުން ފާސްކުރީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 61 ވަނަ ޖަލުސާގައެވެ. ޖަލުސާއަށް މިހުށަހެޅުން ހުށަހެޅުއްވީ ކައުންސިލްގެ ރައީސް ޢަބްދުއް ސައްތާރު ހަސަނެވެ. ނަމަވެސް ރައީސް ޖަލުސާގައި ބައިވެރިއެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ނައިބު ރައީސް ފިރާގް ރިޔާސަތު ބެލެހެއްޓެވި އެ ޖަލުސާގައި 25000 ރުފިޔާ ހަރަދު ކުރަން ހުސަހެޅީ ކައުންސިލުގެ އަންހެން މެންބަރު ނާޒިޔާ ހަސަނެވެ. އެ ފައިސާ ދިނުމަށް ފާސްވީ މެންބަރުންގެ އިއްތިފާގުންނެވެ.

މީގެ ކުރިން ހަނިމާދޫ ކައުންސިލުން ވަނީ މި މުބާރަތަށް 450،000 (ހަތަރުލައްކަ ފަންސާސް ހާސް) ހަރަދު ކުރަން ފާސްކޮށްފައެވެ. މި ނިންމުން ނިންމީ ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 59 ވަނަ އާއްމު ބައްދަލުވުމުގައެވެ.

މި ނިންމުން ނިންމެވިއިރު، މިއަހަރުގެ މިހާތަނަށް ކައުންސިލުންވަނީ ކުޅިވަރުގެ ކަންކަމަށް ގާތްގަނޑަކަށް 144،339.5 ރުފިޔާ ހަރަދުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ