ހދ.އަދޮޅު ކައުންސިލުން އިންތިޒާމްކުރާ ވޮލީ މުބާރާތުގައި ހަނިމާދޫން ބައިވެރިވާން ބެނުުންވި ފިރިހެން ޓީމަށް ހަނިމާދޫ ކައުންސިލުން ފުރުސަތެއްނުދިނެވެ.
ެހަނިމާދޫ ޒުވާނުން ކަނުންސިލާ ބައްދަލުކުރަން އެދިފައިވަނިކޮށް އެފުރުސަތުނުދީ ބަޖެޓް ރިވިއުކޮށް ފިރިހެން ޓީމަށް ފުރުސަތުނުދޭން ނިންމާ މިއަދު ވަނީ އެޒުވާނުންނަށް ބައްދަލުކޮށް އެކަން އަންގާފައެވެ.
މިކަމާގުޅިގެން މައުލޫމަތު ސާފުކުރަން ހަނިމާދޫ ކައުންސިލްގެ ކުޅިިވަރު ކަންތަކާއި ހަވާލުވެ ހުންނަވާ ނާޒިޔާ ހަސަނަށް ގޮށްކޮޅުން ގުޅާލުމުން ބުނީ ކުޅިވަރު ކަންތަކާ ހަވާލުވެ ހުއްޓަސް ކަންކަމުގައި ބަސްބުނާނީ ހަނިމާދޫ ކައުންސިލުގެ ރައީސް އަދި ނައިބު ކަމަށެވެ. އެނާ އެއީ ހަވާލުވެ ހުންނަ މީހާ ކަމަށެވެ.
ެ
ރައީސް ސައްތާރު އަދި ނައިބު ރައީސް ފިރާޤް ފޯނަން ޖަވާބު ނުދެއްވާތީ އެމީހުންގެ ބަހެއް ވަނީ ހޯދޭ ގޮތް ނުވެފައެވެ.
ހަނިމާދޫ ކައުންސިލުގެ އެސްޖީ ބުނީ މިއަދު ޒުވާނުން ބައްދަލުކުރަން އައިކަމަށާ ނަމަވެސް އެއިރު ބަޖެޓް ރިވިއުކޮށް ފިރިހެން ޓީމަން ހަރަދު ނުކޮށް ހަމައެކަނި އަންހެން ޓީމަށް އެއްލައްކަ ފަންސާސް ހާސް ހަރަދުކުރަން ނިންމާފައިވާކަމަށެވެ. ނަމަވެސް އެޒުވާނުން އިއްޔެ ބައްދަލުކުރަން އެދުނު ކަމަށްވެސް ވެއެވެ. އެފުރުސަތު ކައުންސިލުން އިއްޔެ ދީފައިނުވެއެވެ.
ކުރިން މުބާރާތަށް ހަރަދުކުރަން ނިންމާފައިވަނީ 4 ލައްކަ ރުފިޔާއެވެ.
މައުލޫމަތު އެނގޭ ކައުންސިލުގެ އޮފިސަލަކު ބުނީ މީގެ ކުރިން ވެސް އިއުލާންކޮށް ކުދިން ނުވެއްޖެނަމަ ޕުރެކްޓިސްއަށް ހުޅުވާލައިގެން ކުޅުންތެރިން ނަގާކަމަށާއި މިފަހަރު މިހެން ހެދީ ކައުންސިލް ނާޒިޔާ ޒާތީ ގޮތުން ފިރިހެން ޓީމަށް ހަސަދަލައި އެ މީހުން ބޭރުކުރުމަށް ފޫގަޅައިގެން ކުރި ކަމެއްކަމަށެވެ.
ޒުވާނުންގެ ޖަމިއްޔާއެއްގެ ނަމުގައި ބައިވެރިވާ ޓީމަކަށް ކައުންސިލުގެ އެހީއެއް ލިބޭނެތޯ އެހުމުންވެސް ކައުންސިލުން ބުނީ އަންހެން ޓީމަށް ހަރަދު ކުރަން ފާސްކުރި ބަޖެޓުން ރުފިޔާއެއް ބާކީވެއްޖެނަމަ ފައިސާ ދެވިދާނެކަމަށެވެ.
ޚިޔާލުތައް: