ކޯރާޑިން ހަމަލާދީ މީހަކު ޒަޚަމްކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޚަބަރު ފަހުގެ

މީހަކަށް ކޯރާޑިން ހަމަލާދީ ޒަޚަމްކޮށްލި މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފި އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ހިނގި އެ ހާދިސާގައި ހަމަލާދީފައިވަނީ މާފަންނު ގެއަކަށް ވައްކަން ކުރަން ވަދެ އުޅުނު މީހަކު ހުއްޓުވަން މަސައްކަތްކުރި ބިދޭސީއަކަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި މައްސަލައާއި ގުޅިގެން އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މި މައްސަލާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުން ފަރުވާ ދިން ނަމަވެސް އޭނާގެ މިހާރުގެ ހާލަތެއް ސާފެއް ނޫނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ