ކަސްޓަމްސްގެ އިތުރު 30 އޮފިސަރުން އިންޑިއާއަށް

ޚަބަރު ފަހުގެ

ތަޖުރިބާ ދަތުރެއްގައި މޯލްޑިވްސް ކަސްޓަމްސް ސަވިސްގެ އިތުރު 30 އޮފިސަރުން އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފުރާން ހަމަޖެހިފަވާ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

އިންޑިއާގެ ފަރިދަބާދުގައި ހުންނަ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނަކޮޓިކްސް (އެންއޭސީއައިއެން) އަށް މި 30 އޮފިސަރުން ފޮނުވާލުމުގެ ރަސްމިޔާތު މިއަދު ވަނީ ކަސްޓަމްސް ބިލްޑިންގައި ބާއްވާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މިމަހުގެ 26 ވަނަ ދުވަހު ފުރާ މި އޮފިސަރުން އެބުރި އަންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

ކަސްޓަމްސްއިން ބުނީ، މި ދަތުރުގައި ކަސްޓަމްސް އޮފިސަރުން، “އިންޓެލިޖެންސް، އިންފޮމޭޝަން އެންޑް އިންވެސްޓިގޭޝަން” މައުލޫއަށް ބިނާކޮށް ހިންގޭ ތަމްރީނެއްގައި ބައިވެރިވާނެ ކަމަށެވެ.

މިއީ ޖޫން 2019ގައި އިންޑިއާގެ ބޮޮޑު ވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަސްޓަމްސްގެ ދާއިރާއިން ޤާބިލްކަން އިތުރު ކުރުމަށް އިންޑިއާ އަދި ދިވެހިރާއްޖޭގެ ދެމެދުގައި ސޮއި ކުރެވުނު އެމްއޯޔޫގެ ދަށުން ކުރަން ހަމަޖެހިފައިވާ ދަތުރުތަކެކެވެ.

މި އެމްއޯޔޫ ތަންފީޒު ކުރެވިގެންދަނީ ކަސްޓަމްސްގެ އޮފިޝަލުންގެ އެކި ބެޗްތަށް އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އަދި ކަސްޓަމްސް (ސީބީއައިސީ)ގެ ދަށުން ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްްސް، އިންޑައިރެކްޓް ޓެކްސް އަދި ނަކޮޓިކްސްގައި ތަމްރީންދީގެން ނެވެ.

މިފުރާ ބެޗް ހިމެނޭހެން މިހާތަނަށް 160 ކަސްޓަމްސް އޮފިޝަލުންވަނީ އިންޑިއާއަށް ފޮނުވައި ކަސްޓަމްގެ އެކިދާއިރާތަކުން ތަމްރީނުދީފަ އެވެ. އަދި އިތުރު 90 ކަސްޓަމްސް އޮފިޝަލުންވަނީ އޮންލައިން ޕްރޮގްރާމްތައް މެދުވެރިކޮށް ތަމްރީންކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ