ހަނިމާދޫ ކައުންސިލުން ގޮތް ދޫކޮށް ފުރުސަތު ނުދޭން ނިންމި ފިރިހެން ޓީމަށް ފުރުސަތުދީ މިރޭ ޕްރެޓިސް ފަށައިފިއެވެ.
މިރޭ 20:30 ގައި ޓީމް ޕްރެޓިސް ފަށާފައިވާއިރު ޕްރެޓިސައް ނުކުތް ކުދިނާ މުހާތަބުކޮށް ވާހަކަ ދައްކަމުން ކައުންސިލް އެސްޖީ ވިދާޅުވީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި ހަރަދު ކުރުމަށް ސްޕޮންސަރުންް ހޯދުމުގެ މަސައްކަތް ކުރާކަމަށެވެ.
އަދި މިވަގުތު އަންހެން ޓީމަށް އަދި ފިރިހެން ޓީމަށްވެސް ކޯޗެއް ހަޖެހިފައެއްނުވެއެވެ. އަންހެން ޓީމަށް ކޯޗެއް ހޯދަން އިއުލާން ކުރުމުން ކުރިމަތިލި ފަރާތުގެ ކޯޗިން ލައިސަންސް ނެތުމުން ވަނީ އެފުރުސަތު ނުދޭން ނިންމާފައެވެ.
ފިރިހެން ޓީމު ގޮވައިގެން މިވަގުތު އިސްކޮން ހަރަކާތްތެރިވަނީ ވޮލީގެ ތަޖުރިބާކާރެއް ކަމުގައިވާ ސޯދިގު މޫސާ (ސޯދުބެ) އެވެ.