ސެންޓްރަލް ލީގު: މާފުށި ބަލިކޮށް، ގުޅިން ފުރަތަމަ ޑިވިޝަނަށް ދިއުމުގެ އުއްމީދު އާކޮށްފި

ކުޅިވަރު ފަހުގެ

މާފުށި ބަލިކޮށް، ގުޅިން ފުރަތަމަ ޑިވިޝަނަށް ދިއުމުގެ އުއްމީދު އާކޮށްފިއެވެ.

މި ދެޓީމް ވެސް ވަނީ ފުރަތަމަ މެޗުން ގުރައިދޫ ސްޕޯޓްސް ކުލަބުގެ އަތް ދަށުވެ ބަލިވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އިއްޔެގެ މެޗު ގުޅި ކާމިޔާބުކުރީ 2-0 ނެވެ. ސެންޓްރަލް ލީގު ގްރޫޕް ބީގައި މާފުށި ނިއު ސްޓާ ސްޕޯރޓްސް ކޮޅަށް ގުޅީގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޔަޒީދުއާއި، އިބްރާހީމް ސިމާހުއެވެ.

މި ގްރޫޕްެގެ އެއްވަނައިގައި ގުރައިދޫ އޮތީ ދެ މެޗުންވެސް މޮޅުވެ 6 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކު އޮތީ ގުޅިއެވެ. ދެ މެޗުން މާފުއްޓަށް ޕޮއިންޓެއް ނުލިބެއެވެ.

ސެންޓްރަލް ލީގުގެ ދެ ވަނަ ޑިވިޝަނުގައި ފަސް ގުރޫޕެއް ވާދަކުރާއިރު، ޖުމްލަ އަށް ޓީމަކަށް އެއް ވަނަ ޑިވިޝަނުގެ ފުރުސަތު ލިބޭނެ އެވެ. ކޮންމެ ގުރޫޕަކުން އެއް ވަނަ ހޯދާ ފަސް ޓީމުގެ އިތުރުން ދެން ހޮވޭނީ، ދެ ވަނައަށްދާ ފަސް ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ތިން ޓީމެކެވެ.

ސެންޓްރަލް ލީގް ގްރޫޕް ބީގައި ގުޅި އާއި ގުރައިދޫ ބައްދަލުކުރާ މެޗު މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ކުރިޔަށް ދާނެއެވެ.

Photo credit to : Amey Gendhey (Amey)

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ