ހިޔާ ޕާކް ތަރައްގީކުރަން އާރުޑީސީއަށް

ޚަބަރު ފަހުގެ

ހިޔާ ފްލެޓް ސަރަހައްދުގައި ޕާކެއް ތަރައްގީކުރުމާއި ހުޅުމާލެ ފޭސް 1 ގައު ބީޗް ބެލެވާޑް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ސޮއިކުރެއްވިއިރު އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްޑީސީން ބުނީ ހިޔާ ސަރަހައްދުގައި ހިޔާ ޕާކް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ގާޑަން އޭރިއާ، އެލެވޭޓެޑް ޕާތްވޭ އަދި ޕްލާޒާ ހެދުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށެވެ. އަދި ބީޗް ބުލެވާޑް މިހާރަށް ވުރެން ޝައުގުވެރިކަން އުފެދޭނެ ގޮތަށް ތަރައްގީ ކުރެވިގެންދާއިރު ޕާތްވޭސް، ރޭމްޕް އަދި ލައިޓް އެސަރަހައްދުގައި ހަރުކުރެވިގެންދާނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

އެޗްޑީސީއިން ބުނީ މިޕްރޮޖެކްޓް އާރުޑީސީއާ ހަވާލުކުރީ އެއް އަހަރު ދުވަހު ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް މިތަނަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން އެ ކޯޕަރޭޝަނުން ދަނީ އާންމުންގެ ހިޔާލު ހޯދައި އާންމުން އެންމެ ބޭނުންވާގޮތަށް އެކި ތަންތަން ހެދުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ