އާރްޓީއެލް ފެރީގައި ރައީސް ދިއްދޫ އަށް

ޚަބަރު ފަހުގެ

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ފެރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. ދިއްދޫއަށް މިއަދު ހަވީރު ވަޑައިގެންފި އެވެ.

ހއ ގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްދޫ އަކީ މި ދަތުރުފުޅުގެ ފަހު މަންޒިލެވެ. އާރްޓީއެލް ފެރީގައި ރައީސް ދިއްދޫ އަށް ވަޑައިގެންނެވީ އުތީމުގައި ކުރިއަށްދިޔަ ގައުމީ ދުވަހުގެ ހަރަކާތްތަށް ނިންމަވާލެއްވުމަށްފަހު އެވެ.

އިޝްތިހާރު
އިޝްތިހާރު

ދިއްދޫ އަށް ރައީސް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް އެ ރަށުން އެމަނިކުފާނަށް ވަނީ ދަންނަވާފަ އެވެ.

ދިއްދޫ އަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އާރްޓީއެލްގެ ޒޯން 1 ގެ ޚިދުމަތް ފަށައި އެނިޒާމް އެސަރަޙައްދުގައި ފުރިހަމަކޮށްފައިވާތީ ރަސްމީކޮށް އެކަން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސް ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ