ބޮޑުތިލަދުންމަތި ގުލާލި އާރްޓީއެލް ފެރީގެ ނިޒާމު ރައީސް އިފްތިތާހު ކުރައްވައިފި

ޚަބަރު ފަހުގެ

ބޮޑުތިލަދުންމަތީގައި ސަރުކާރުން ފެށި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) ފެރީގެ ނިޒާމު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިފްތިތާހް ކޮށްދެއްވައިފިއެވެ.

އާރްޓީއެލް ފެރީތަކުގެ ބާރުދުވެއްޔާއި އަރާމު އުޅަނދު ފަހަރުން ބޮޑު ތިލަދުންމަތި އެއްކޮށް މިހާރު ވަނީ ގުޅާލައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

މުޅި ރާއްޖެ ކަނޑުމަގުން ގުޅާލެވޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ހައި ސްޕީޑް ފެރީ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙިމް މުޙައްމަދު ޞޯލިހުގެ ވަޢުދުފުޅެކެވެ.

މިގޮތުގެ މަތިން، “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 17 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޙިދުމަތް ދޭން ފެށިފައެވެ. އަދި މި މަޝްރޫޢުގެ ފޭސް 2 އަދި ފޭސް 3 އެއްގެ ދަށުން، ބާކީ 17 އަތޮޅަށް ޚިދުމަތް ދޭންފެށި މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވިގެންދާނެއެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ފައިދާތަކެއް ކުރާނެ ޚިދުމަތެކެވެ.

މިރޭ ބޮޑުތިލަދުންމަތީގައި އާރް.ޓީ.އެލް. ރަސްމީކޮށް އިފްތިތާޙް ކުރެވުމާއެކު ރައްޔިތުން ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންޤިލާބީ އައު ބާބެއް ފެށުނީއެވެ.

ފުރަތަމަ ޒޯނުގާ ޚިދުމަތް ފަށާފައި މި ވަނީ، ޒަމާނީ، ދުވެލި ހަލުއި، އުޅަނދު ތަކެއްގައެވެ. މިގޮތުން ކުރިއަށްވުރެ އެތައް ގުނައެއް އަވަސްކޮށް ބާރު ދުވެލީގައި މިހާރުދަތުރުތައް ކުރެވޭނެއެވެ. އެއާކޯން ކުރެވިފައިވާ މިއުޅަނދުތައް ހުންނާނީ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައެވެ. އުޅަނދުގައި ފާހާނާއާއި ލަގެޖްބެހެއްޓޭ ޖާގަ ޚާއްސަކުރެވިފައި ހުންނާނެއެވެ. މިއީ، ރާއްޖޭގެ މޫސުމާ، އޮއިވަރާ، ބާންޏާ، ރާޅަށް ރިޢާޔަތް ކުރެވިގެން، ދެ މޫސުމަށް ވެސް، ފަހިވާނޭހެން ބަނދެފައިވާ، ކަނޑަށްވެސް

އާރްޓީއެލް ފެރީގެ ގޮތުގައި ބޮޑުތިލަދުންމަތީގައި ދުއްވާ 13 ފެރީއެއް މިވަގުތު އޮވެއެވެ. އެއީ މި ޒޯނުގެ 41 ރަށަށް، ހަމަ ކޮންމެ ދުވަހަކުވެސް ޙިދުމަތް ދެވޭ އުޅަނދުތަކެކެވެ.

އެމްޓީސީސީން އެ ހިދުމަތް ފޯރުކޮށް ދެނީ ޓެކްނޮލޮޖީއާ ވަރަށް ރަށްޓެހި ހިދުމަތެއްގެ ގޮތުގައެވެ. އެގޮތުން، ކޮންމެ ތަނެއްގަ ހުރެގެން، ކޮންމެ ވަގުތަކުވެސް، ކޮންމެ ރައްޔިތެއްގެ އަތުގާ އޮންނަ، ސްމާޓު ފޯނުން، އެމީހަކު ހުރި ތަނަކުން ދަތުރު ޝެޑިއުލް ބަލާލެވި، ޓިކެޓު ބުކްކޮށްލެވި، އަދި ޓިކެޓަށް ފައިސާ ދެއްކޭނެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ސްޕީޑް ފެރީގެ ހިދުމަތް 6 ޒޯނުގައި ފެށިގެން ދާއިރު، ޒަމާނީ ފެރީގެ ހިދުމަތް ދޭ 82 އުޅަނދެއް އޮންނާނެއެވެ. 188 ފެރީ ޓާމިނަލް ހުންނާނެއެވެ. އަދި އެ އުޅަނދުތަކަށް ހިދުމަތް ދޭނެ ބޯޓުޔާޑު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ގާއިމްކުރެވިފައި ހުންނާނެއެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ އަމާޒަމީ ކުރިއަށް އޮތް 24 މަސް ދުވަސްތެރޭ މުޅި ރާއްޖެ ކަނޑުދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުން ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް 9 މަސް ދުވަސްތެރޭ 9 އަތޮޅެއްގައި އެ ހިދުމަތް ތައާރަފު ކުރަން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރެވެމުން އަންނަ ކަމަށް އެކުންފުނިން ބުންޏެވެ. މުޅި ރާއްޖެއަށް އެ ހިދުމަތް ފުޅާވެގެން ދާއިރު 800 ވަޒީފާ އަލަށް އުފެދިގެން ދާނެއެވެ.

އެ މުވައްޒަފުންނަކީ، ކޮންމެ މީހެއްގެ އެވްރެޖު މުސާރައަށް ބަލާއިރު، އެކަށީގެންވާ މުސާރައެއް ލިބޭ، އަދި ހިދުމަތަށް ތަމްރީނު ވެފައިވާ، ގާބިލު ބަޔަކަށް، ވެގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ