ހަނިމާދޫ ޖެޓީގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށްގޮސްފި 

ހަނިމާދޫ ޚަބަރު ފަހުގެ


ހދ. ހަނިމާދޫ ޖެޓީގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށް ގޮސްފި އެވެ.

ހަނިމާދޫ ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ، އަޑިއަށް ދިޔުމާއި ގުޅިގެން، އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑު ހދ. ހަނިމާދޫ ޕޯސްޓުގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޯށްދީފައެވެ

އިޝްތިހާރު
އިޝްތިހާރު

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ހަނިމާދޫ ޕޯސްޓަށް ލިބުނީ މިއަދު 12:41 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. ސިފައިންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން އެ ލޯންޗު މިހާރު އެއްގަމަށް އަރުވާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ