ވެކްސިންގެ މައުލޫމާތު އޮންލައިންކޮށް ބެލޭނެ ގޮތް ހަދައިފި

ޚަބަރު ފަހުގެ

ރާއްޖޭގެ ޤައުމީ ވެކްސިން ނިޒާމު ޑިޖިޓަލައިޒްކޮށް ވެކްސިންއާއި ގުޅޭ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ފެންނަން ހުންނާނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ޙަފްލާއެއްގައި އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީ ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމްއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ މިއަދު އިފްތިތާހު ކުރެވުނު ރަޖިސްޓްރީ އަކީ ރާއްޖެއަށް ބޭނުންތެރި ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ކޮންމެ ކަމަކަށް ވެސް ފުރަތަމަ ދުވަހެއް އަންނާނެ. އަޅުގަނޑު ދެކޭގޮތުގައި މިކަމަކީ ވަރަށްވެސް މުހިންމު ކަމެއް.” މިނިސްޓަރު ވިދާޅުވި އެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ކުދިން ގަވާއިދުން ވެކްސިން ފުރިހަމަ ކުރޭތޯ ޔަގީންކުރުމަށް ކުރާ މަސައްކަތްތަކަށް މި ރަޖިސްޓްރީ މެދުވެރިކޮށް ލިބޭ މައުލޫމާތުތައް ބޭނުންކުރެވިގެން ދާނެ ކަމުގައިވެސް ހެލްތް މިނިސްޓްރީން ބުންޏެވެ.
އެ ރަޖިސްޓްރީއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔުނިސެފްގެ އެހީއާއެކު، ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތު ކުދިންނަށް ދެވޭ ވެކްސިނޭޝަންގެ މައުލޫމާތުތައް އެއް ޑިޖިޓަލް ޕްލެޓްފޯމެއްގައި ރައްކާތެރިކޮށް އެކްސެސްވެ، ބެލެހެއްޓުމަށް މަގު ފަހިކޮށްދޭނެ ނިޒާމެކެވެ.އެގޮތުން ކުއްޖާ ވިހާއިރުން ފެށިގެން ދޭ ހުރިހާ ވެކްސިނެއްގެ މައުލޫމާތު އެއްތަނަކުން ފެންނަން ހުންނާނެ އެވެ. މިއާއެކު ކުއްޖާއަށް ކުރިން ދީފައިވާ ވެކްސިނޭޝަންތައް ވެރިފައި ކުރުމަށް ވެކްސިނޭޝަން ސެންޓަރުތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެންދާނެ އެވެ. މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ކުޑަކުދިންގެ މަޢުލޫމާތު މި ރެޖިސްޓްރީގައި ހިމަނާ ނިންމުމަށް ހެލްތު މިނިސްޓްރީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ރެޖިސްޓްރީ ސިސްޓަމްގެ މަސައްކަތަކީ ޑަބްލިއުއެޗްއޯއާއި ޔުނިސެފްގެ އެހީގައި ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

ހެލްތު މިނިސްޓްރީއިން ވިދާޅުވީ މިއީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެކްސިންގެ އިތުރުން ސިއްޙީ ދާއިރާގެ ތަފާސްހިސާބު ބެލެހެއްޓުމަށް ބޭނުންކުރާ DHIS2 ޕްލެޓްފޯމްގެ ބައެއްގެ ގޮތުގައި ތަޢާރަފްކުރެވުނު ޑިޖިޓަލް ރަޖިސްޓްރީއެއްކަމަށެވެ. ގައުމީ ވެކްސިން ޕްރޮގްރާމްގެ ބޭނުމަކީ ވެކްސިން ޖަހައިގެން ރައްކާތެރިކުރެވޭ، ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތަކުން ކުދިން ރައްކާތެރިކުރުމަށް ފެންވަރު ރަނގަޅު ވެކްސިން، އެ ވެކްސިން ޖަހަންޖެހޭ ވަގުތުގައި ފޯރުކޮށްދިނުމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ