ދުބާއީން ރާއްޖެ އައި މީހެއްގެ ލަގެޖުން 12 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ޚަބަރު ފަހުގެ

ދުބާއީން ރާއްޖެ އައި ޕާކިސްތާން ފިރިހެނެއްގެ ލަގެޖުން 12 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، އެ މީހާގެ ލަގެޖުން އަތުލައިގެންފައި ވަނީ ހިރޮއިން ކަމަށެވެ. އަދި އޭގެ ބަރުދަނުގައި 10 ކިލޯ ހުރި ކަމަށް ބުނެފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އުމުރުން 48 އަހަރުގެ އެ މީހާއަކީ އޮކްޓޯބަރު އެއް ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައި ޕާސްކިތާން މީހެކެެވެ.

ކަސްޓަމްސް އިން ބުނީ އޭނާގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާތެރިކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކު ކުރެވިގެން އޭނާގެ ލަގްޖް ބަލާ ފާސް ކުރުމުގެ ތެރޭގައި މަސްތުވާތަކެތި އޭގެ ތެރެއިން ފެނުނު ކަމަށެވެ.

ކަސްޓަމްސް އިން ވަނީ އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ