ނޮވެލްޓީ ބުކްޝޮޕްގެ ފުރަތަމަ ފްރެންޗައިޒް (ޑީޕޮޓް – ބައި މަސީ) ފިހާރަ ކުޅުދުއްފުށީގައި ހުޅުވައިފި

ޚަބަރު ފަހުގެ

ނޮވެލްޓީ ބުކްޝޮޕްގެ ފުރަތަމަ ފްރެންޗައިޒް (ޑީޕޮޓް – ބައި މަސީ) ފިހާރަ ކުޅުދުއްފުށީގައި ހުޅުވައިފިއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެެއްގައި ބުކްޝޮޕްގެ ޚިދުމަތް ފޯރުކޮށްދެމުންދާ ނޮވެލްޓީ ބުކްޝޮޕަކީ އެންމެ ފަހުގެ ކޮލިޓީ މޮޅު ތަކެތި ރައްޔިތުންނާއި ހަމައަަށް ފޯރުކޮށްދެމުން އަންނަ ފަރާތެކެވެ. ނޮވެލްޓީގެ ތަކެތި ފަސޭހަކަމާއެކީ ކުޅުދުއްފުށިން ލިބިގެންދާނެގޮތް ވުމަކީ ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން ކައިރި އެހެންރަށްތަކުގެ މީހުންނަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި ފިހާރަ ހުޅުވާފައިވަނީ އަފީފުއްދީން ސްކޫލު ކުރިމައްޗަށްވާ ހެންނެވެ. ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް މި ފިހާރައިން ހިދުމަތް ފޯރުކޮށްދޭނެއެވެ. ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 ން 12:00 އަދި މެންދުރު 13:00 ން 15:00، ހަވީރު 16:00 ން 17:30 ށެވެ. އަދި ރޭގަނޑު 20:30 ން 22:00 އަށެވެ. ހުކުރު ދުވަހު ހަވީރު 16:00 ން 17:30 އަށް ހުޅުވާފައި ހުންނައިރު ރޭގަނޑު 20:30 ން 22:00 ށް ހިދުމަތް ފޯރުކޮށްދޭނެއެވެ.

1965 އަހަރުން ފެށިގެން މާލޭގައި ޚިދުމަތް ދެމުންގެންދާ ނޮވެލްޓީން ކުޅުދުއްފުށީގައި މިހުޅުވި އައުޓްލެޓުން މާލެއެކޭ އެއްފަދައިން ހިދުމަތް ލިބިގެން ދާނެކަމަށް މި ފިހާރައިން މައުލޫމާތުދެއެވެ. ކުޅުދުއްފުއްޓާއި، ކުޅުދުއްފުށީ ކައިރި ރަށްރަށުގެ ކިޔަވާކުދިންނާއި، އޮފީސްތަކަށް ބޭނުންވާ ސްޓޭޝަނަރީސް ވެސް މި ފިހާރައިން ލިބޭނެއެވެ. އަދި އޯޑަރ ދެއްވުމުން ފެރީތަކަށާއި ބޯޓުތަކަށް މިފިހާރައިން ގަންނަތަކެތި ޑެލިވަރީވެސް ކޮށްދޭނެކަމަށް ޑީޕޮޓުން މައުލޫމާތުދެއެވެ.

މި ފިހާރައިގެ ޚިދުމަތް ރައްޔިތުންނާއި ކައިރިން ފޯރުކޮށްދިނުމަށް ވަނީ ދެ ނަންބަރެއް ގާއިމް ކޮށްފައެވެ. އެއީ 7521554 އަދި 6524551 އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ