ހިންމަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި

ޚަބަރު ފަހުގެ

ކ. ހިންމަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ މަސައްކަތް ހުސްވި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޓީސީސީން މިއަދު ބުނީ، ހިންމަފުއްޓަށް ދެގުނަ ބޮޑު ޒަމާނީ ރީތި ބަނދަރެއް މިއަދު ލިބިގެން ދިއުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމަށް ދެކޭ ކަމަށެވެ.

އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، އިތުރުވަމުންދާ އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮސް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ހިންމަފުށީގެ ރައްޔިތުންނަށް ލިބޭނެ ކަމަށް ބުންޏެވެ.

ހިންމަފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ ދަށުން 19،895 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 9،900 އަކަ މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 251 މީޓަރުގެ އެއްގަމުތޮއްޓަކާއި 15 މީޓަރުގެ ބޭރު ތޮއްޓެއް ވަނީ ލައިފަ އެވެ.

އޭގެ އިތުރުން 311 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މިހާރު ހުރި ބަނދަރުގައި 1،200 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި އާ ބަނދަރުގައި 1443 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި 25 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި 63 މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި މޫރިން ބްލޮކްސް ހަރުކުރުން ހިމެނެ އެވެ.

ހިންމަފުށި ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 29 ޑިސެމްބަރު 2019 ގައެވެ. މިއީ 30.5 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ