ހަނިމާދޫ ކައުންސިލް އަންހެން ވޮލީ ޓީމް ފިނޭ އަތުން ބަލިވެއްޖެ

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ކައުންސިލް އަންހެން ވޮލީ ޓީމް ފިނޭ އަތުން ބަލިވެއްޖެއެވެ.

މިއަދު ހަވީރު ފިނޭ އަށް ހަނިމާދޫ ކައުންސިލް އަންހެން ޓީމް ދަތުރުކޮށް ކުޅުނު އެކުވެރިކަމުގެ މެޗު ސީދާ 3 ސެޓުން ކަމިޔާބުކުރީ ފިނޭއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުރަތަމަ ސެޓު 25-22 ފިނޭ ގެންދިޔައިރު ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ދެވަނަ ސެޓު ފިނޭ ގެންދިޔައީ 24-26 ންނެވެ. ތިންވަނަ ސެޓުވެސް 21-25 ފިނޭ ކަމިޔާބުކުރީ ފަސޭހަކަމާއެކުއެވެ.

ފުރަތަމަ އެކުވެރިކަމުގެ މެޗުން ބަލިވިއިރު މިޓީމަށް އެއްލައްކަ ފަންސާސް ހާސް ހަރަދުކުރަން ހަނިމާދޫ ކައުންސިލުން ވަނީ ނިންމާފައެވެ. އަދި 5000 ރުފިޔާގެ އެލަވަންސެއްގެ އިތުރުން ހުރުމާއި ކެއުން ދޭގޮތަށް މިޓީމަށް ގައުމީ ފެންވަރުގެ ކުޅުންތެރިއެއް ވެސް ވަނީ ގެނެސްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ