ހދ.އަތޮޅު ވޮލީ މުބާރާތަށް ތައްޔާރުވަމުންދާ ހަނިމާދޫ ފިރިހެން ޓީމުން ފިނޭ ބަލިކޮށްފިއެވެ.
ފިނޭ ވޮލީ ކޯޓުގައި ރޭ ކުޅުނު އެކުވެރިކަމުގެ މެޗު ހަނިމާދޫއިން ކާމިޔާބު ކުރީ 3 ސެޓް 1 ސެޓުންނެވެ.
ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ފަސޭހަ ކަމާއެކު 16-25 އިން ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓު 22-25 އިން ކަމިޔާބުކުރީ ފިނޭއެވެ. ތިންވަނަ ސެޓު ހަނިމާދޫއިން ގެނައީ 25-12 ގެ ބޮޑު ތަފާތަކުންނެވެ. އަދި ހަތަރުވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަރު ހަނިމާދޫ ޓީމުން ސެޓް ގެނައީ 24-26 އިންނެވެ.
ހަނިމާދޫ ކައުންސިލުން ފިރިހެން ޓީމަށް ފުރުސަތު ނުދިނުމަށް ނިންމުމަށްފަހު މިޑިޔާއާއި އާއްމުންގެ ޕުރެސަރު ކުރިމަތިވުމުން ފަހުންވަނީ ފުރުސަތު ދީފައެވެ.
މީގެ ކުރިން ވަނީ ކައުންސިލްގެ އަންހެން ޓީމު ވެސް އެކުވެރި ކަމުގެ މެޗެއް ކުޅެފައެވެ. އެމެޗުން ސީދާ 3 ސެޓުން އަންހެން ޓީމު ވަނީ ބަލިވެފައެވެ.